ޖުލައި 23 ގެ ކުރިން ކަރަންޓީންވި ފަރާތްތަކަށް ލުޔެއް

މީހަކު ހުޅުމަލޭ ބީޗުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ވެފައިވާ ފަރާތްތަކުގެ ތެރެއިން ރާއްޖެއަށް އެތެރެ ވެފައި މިހާރު ކަރަންޓީންގައި ތިބި ފަރާތްތަކާށް، ޕިސީއާރް ނެގެޓިވް ނަތީޖާ އަކާއެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މިހާރު ކަރަންޓީންގައި ތިބި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުދިން ވެސް ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަރަންޓީން ނިންމާލެވޭނެ ކަމަށެވެ.

ރާއްޖެ އެތެރެވިތާ 5-7 ދުވަސް ވެފައިވާ ފަރާތްތަކުގެ ޕީސީއާރް ޓެސްޓް ވަގުތުން ހެދުމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އަދި ރާއްޖެ އެތެރެވި ތާ ފަސް ދުވަސް ނުވާ ފަރާތްތަކުން، ރާއްޖެ އެތެރެވިތާ 5-7 ދުވަހާ ދެމެދު ޕީސީއާރް ޓެސްޓް ހެދުމަށް އެޗްޕީއޭއިން ހުއްދަ ދީފައި ވެއެވެ.

މީގެ އިތުރުން، ކޮވިޑް ޖެހި، ބަލިން ރަނގަޅުވެފައިވާ ފަރާތްތަކުގެ ތެރެއިން، ބަލި ޖެހުނު ތާރީހުން ފެށިގެން 60 ދުވަސް ނުވާ ފަރާތްތަކުގެ ކަރަންޓީން ނިންމާލެވޭނެ ކަމަށާއި، އެފަރާތްތަކާ އެކުގައި ދަތުރުކުރި ވެކްސިން ނުޖެހޭ އުމުރުގެ ކުދިންނަށް ވެސް ކަރަންޓީން ނިންމާލެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ނަމަވެސް ވެކްސިން ނުޖެހޭ އުމުރުގެ ކުދިން، ރާއްޖެ އެތެރެވިތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ އެވެ.

އަދި ރާއްޖެ އެތެރެވިތާ ފަސް ދުވަސް ނުވާ ކުދިން، ރާއްޖެއަށް އެތެރެ ވި ތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރް ހަދަން ޖެހޭނެ އެވެ.

ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކާއި، ކޮވިޑް ޖެހި، ބަލިން ރަނގަޅުވެ 60 ދުވަސް ވެފައި ނުވާ ފަރާތްތަކުން، ކަރަންޓީންގެ 14 ދުވަސް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް