އެއާ އިންޑިއާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއާ އިންޑިއާގެ ފްލައިޓު --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެއާ އިންޑިއާ އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

އެއާ އިންޑިއާއިން އިން ބުނީ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މުމްބާއީއާއި މާލެއާ ދެމެދު ކަމަށެވެ.

ދަތުރުތައް އޮންނާނީ ހަމަޖެހިފައިވަނީ ކޮންމެ ބުދަ އަދި ހޮނިހިރު ދުވަހަކު ކަމަށް އެ އާލައިނުން ބުންޏެވެ.

ކޮވިޑް19 ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމާ ގުޅިގެން އިންޑިއާ ހިމެނޭ ގޮތުން ދެކުނު އޭޝިއާގެ ގައުމުތަކުގެ ރައްޔިތުންނަށް ރާއްޖޭގެ ބޯޑަރު މެއި މަހުގެ ތެރޭގައި ބަންުދުކުރިއެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިންޑިއާ ހިމެނޭގޮތުން ސައުތު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ވަނީ ހުޅުވާލާފައެވެ. އަދި މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ސައުތުއޭޝިއާގެ ފަތުރުވެރިންނަށް ގެސްޓް ހައުސްތަކަށް ޗެކިން ވުމުގެ ފުރުސަތު ހުޅުވާލާނެކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިހާރުވެސް އިންޑިއާގެ ތިން އެއާލައިނެއް އަންނަނީ ރާއްޖެއާއި އިންޑިއާގެ އެކި ހިސާބުތަކާ ދެމެދު ދަތުރުތައް ބާއްވަމުންނެވެ.

އެގޮތުން އިންޑިގޯ އެއާލައިނުން ރާއްޖެއާއި، މުމްބާއީ އަދި އިންޑިއާގެ ވެރިރަށް ދިއްލީ އާ ދެމެދު އަންނަނީ ދަތުރުތައް ބާއްވަމުންނެވެ.

ހަމައެއާއެކު ސްޕައިސްޖެޓުން ވެސް މުމްބާއީ އަދި ކޮޗީއާ ރާއްޖެއާ ދެމެދު ދަތުރުތައް ބާއްވާއިރު އިންޑިއާގެ ގޯ އެއާ އިން އަންނަނީ ރާއްޖެއާއި ބެންގަލޫރާ ދެމެދު ދަތުރުތައް ބާއްވަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން އަންނަނީ އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުތައް ބާއްވަމުންނެވެ.

comment ކޮމެންޓް