ތައިލޭންޑުން ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފި

ތައިލޭންޑުގެ ވެރިރަށުގައި ޝޮޕިން މޯލްތައް ބަންދު ކުރަން ވަނީ ނިންމާފަ -- ފޮޓޯ: ގެޓީ

މިހާރު ތައިލޭންޑުގައި އިތުރުވަމުން އަންނަ ކޮވިޑްގެ ކޭސްތަކާއެކު ތައިލޭންޑުގައި ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މި ނިންމުން އާންމުކޮށްފައިވަނީ މިއަދު އެ ގައުމުގެ ރޯޔަލް ގެޒެޓްގައެވެ. ތައިލޭންޑުގައި ކޮވިޑުގެ ހާލަތު ގޯސްވަމުންދާއިރު މިއަދަކީ އެ ގައުމުގައި ޖެހިޖެހިގެން ރެކޯޑް އަދަދަކަށް ބައްޔަށް މީހުން ޕޮޒިޓިވް ވި ތިން ވަނަ ދުވަހެވެ.

ތައިލޭންޑުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު ކާފިއު ހިންގުމާ ދުވާލު ލޮކްޑައުންގެ ފިޔަވަޅުތައް އިތުރު ތިން ޕްރޮވިންސަކަށް ވަނީ އަޅާފައެވެ.

އެ ގައުމުގެ ހޮސްޕިޓަލްތައް ފުރި ފަރުވާ ދިނުމުގެ ކަންކަން ކުރުމަސްވެސް ދަތިވެފައިވާކަމުގެ ވާހަކަ އެ ގައުމުގެ ސިއްހީ މާހިރުން އަންނަނީ ހާމަކުރަމުންނެވެ.

ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެ ގައުމުގެ ސަރުކާރުން ވަނީ މީހުން އެއްވާ އެއްވުންތައް ބޭއްވުން މަނާކޮށްފަައެވެ. އަދި ފިޔަވަޅުތަކާ ހިލާފް ވާނަމަ މަދުވެގެން ދެ އަހަރު ދުވަހުގެ ޖަލުހުކުމެއް ނުވަތަ 1220 ޑޮލަރުން ޖޫރިމަނާ ކުރާނެކަމަށްވެސް އެ ގައުމުން ބުނެއެވެ.

މިއަދު އެ ގައުމުން ވަނީ 11،397 މީހުން ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައެވެ. އަދި 103 މީހުން މި ބަލީގައި މަރުވެފައެވެ.

comment ކޮމެންޓް