ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު އުދަ އަރާނެކަމަށް ލަފާކޮށްފި

ޖުލައި 15، 2021: މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދަށް އުދަ އަރައި ފެންބޮޑުވެފައި. -- ސަން ފޮޓޯ/ފަޔާޒް މޫސާ

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ހަވީރާއި މިރޭ އުދަ އަރާނެކަމަށް ލަފާކޮށް, ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އެދިއްޖެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން މިއަދު އާންމުކުރި ވައިޓް އެލާޓް ނޯޓިސެއްގައި ބުނެފައިވާ ގޮތުން, ރާއްޖޭގެ އިހަވަންދިއްޕޮޅުން ފެށިގެން ހައްދުންމައްޗާ ހަމައަށް މިއަދު ހަވީރާއި މިރޭ އުދަ އަރާނެއެވެ.

އެގޮތުން އެ ސަރަހައްދުތަކަށް މިއަދު 4:15 އިން ފެށިގެން މިރޭ 8:00 ގެ ނިޔަލަށް އުދަ އަރާނެކަމަށް ލަފާކޮށްފައި ވެއެވެ.

މިދުވަސްވަރަކީ ބާނި ބޮޑު ދުވަސްކޮޅަކަށް ވާ އިރު, ވެރިރަށް މާލޭގެ އިރުމަތީ ފަރާތުން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އުދަ އަރަމުންނެވެ, އެގޮތުން މާލޭގެ އިރުމަތީ ފަޅީގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތުން ފެށިގެން ރާޅުގަނޑު ރާޅުގަނޑު ސަރަހައްދާ ހަމައަށް ދަނީ އުދަ އަރަމުންނެވެ.

އިއްޔެ މާލެވަރަށް ބޮޑަށް އުދަ އެރި އިރު, އާޓީފިޝަލް ބީޗާ ދިމާލުން މަޖީދީމަގުގެ އިރުމަތީ ކޮޅުގައި ރެޔާ ހަމައަށް ފެންބޮޑުވެފައި ހުއްޓެވެ.

comment ކޮމެންޓް