ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް އަހުމަދު ނާޒިމް އިސްވެ އަލަށް އުފައްދަވާ ޕާޓީގެ ނަމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީކަން ހާމަވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު ވ. ވަސްމީރުފިޔަ, އަހުމަދު އުޝާމްއަށް ދީފައިވާކަމަށެވެ.
އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޕާޓީއަކީ އޭނާގެ އިތުރުން ދަނގެތި ދާއިރާގެ މެންބަރު ނާޒިމް, ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް, ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު ގުޅިގެން އުފައްދަވަން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.
"އުންމީދަކީ މާ ލަސްތަކެއް ނުވެ ޕާޓި ރަޖިސްޓްރީކުރަން ކުރަންޖެހޭ ކަންކަން ކޮށް ނިންމުން," އާ ޕަތީއާ ގުޅިގެން އުޝާމް އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އާ ޕާޓީ އުފައްދަވަން މަސައްކަތްކުރައްވާ އުޝާމްގެ އިތުުރުން ނޮޅިވަރަމް ދާއިރާގެ މެންބަރުު މުހައްމަދު ނަޝީދު އަބްދުالله އަދި ނިލަންދޫ މެމްބަރު އަބްުލްމުހުސިން ހަމީދަކީ ރައްޔިތުންގެ މަޖިލީހަށް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުވި ފަސް މެންބަރުންގެ ތެރެއިން މެމްބަރުންނެވެ.