ވިލިނގިލީ ބަނދަރު މަސައްކަތުގެ ބޮޑު ބައެއް ނިންމައިފި

ގއ. ވިލިނގިލީ ބަނދަރު މަސައްކަތް--- ފޮޓޯ: އެމްޓީސީސީ

ގއ. ވިލިނގިލީ ބަނދަރު މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މިހާރު އެ ރަށުގެ ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 82 ޕަސެންޓް ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 71،519 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބޭސިން ފުންކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން ނެރު ފުންކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީ އިން ހިންގާ މި މަޝްރޫޢަކީ 9.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

comment ކޮމެންޓް