ރިޕޯޓުގައިވާ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުން ރައީސް މަޝްވަރާ ކުރައްވައިފި

ރައީސް ސޯލިހު، އެންއެސްސީގެ މެމްބަރުނާއެކު--- ފޮޓޯ/ ރައީސް އޮފީސް

ރިޕޯޓުގައިވާ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ, ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއެކު މަޝްވަރާ ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އެ ރިޕޯޓާ ގުޅޭގޮތުން ނެޝަލަން ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ އެމަނިކުފާނު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައި ވަނީ އިއްޔެ އެވެ.

އެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން އިތުރަށް ދިރާސާކޮށް އެ ކަންކަން އިޞްލާޙުކުރުމުގައި ޢަމަލުކުރާނީ ކިހިނެތްތޯއާއި، އެ ރިޕޯޓުގައިވާ ރިކޮމެނެޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުން އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައި ވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން އެކުލަވާލި ޕާލިމަންޓްރީ އިންކުއަރީ ރިޕޯޓު އާންމުކޮށްފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.

އެ ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިންމު މަސައްކަތެއްކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

comment ކޮމެންޓް