މުލީއާގެ ގޮއްލާވާނެ ކަމަށް ބުނި މީހާގެ ބަންދަށް ހަފްތާއެއް

މުލިއާގެއަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގެ ކައިރިއަށް ގޮސް އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

މި މަހުގެ ނުވަ ވަަނަ ދުވަހު މުލީއާގެ ކައިރިއަށްގޮސް އެތަން ގޮއްވާލާނެކަމުގެ އިންޒާރު ދިން މައްސަލައިގައި ފުލުހުން ފުރަތަމަ ހައްޔަރު ކުރީ ދެމީހުންނެވެ. ނަމަވެސް އެތަނުން އެކަކު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެ ފުލުހުން ވަނީ ދޫކޮށްލާފައެވެ.

https://sun.mv/154103

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް އިއްޔެ ހަތް ދުވަސް ޖަހާފައިވާ ކަަމަށެވެ.

ފުލުހުން އެމީހާ ހައްޔަރުކުރީ މުލީއާގެ ކައިރިއަށް ގޮސް އޭނާގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނެގެންނެވެ. އެމީހުންގެ އަތުގައި އޭރު ހުރީ ދަބަހަކާއި ރަތް ކޮތަޅެއްގެ އިތުރުން ކަރުދާސް ފޮއްޓެކެވެ.

މުލީއާގެ ކައިރިއަށް ގޮސް ބަޔަކު މިފަދައިން އިންޒާރު ދީފައިވާ އިރު, މި އަހަރުގެ މޭ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި ދިން ހަމަލާއެއްގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ވެފައެވެ.

އޭގެ އިތުރުން މި ފަހުން ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނި ދެ މީހަކުވެސް ހައްޔަރުކުރިއެވެ.

comment ކޮމެންޓް