އިންތިހާބަކާ ނުލައި ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް މީހުން ހޮވިއްޖެ

އޭޕްރީލް 10، 2021: ކައުންސިލް އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލ.މާބައިދުއާއި ހދ. ނޭކުރެންދޫ އަދި ވ. ރަކީދޫ އިން އަންހެނުންގެ ކޮމިޓީއަށް ވާދަކުރި ފަރާތްތައް އިންތިހާބަކާ ނުލައި ހޮވިއްޖެއެވެ.

އެފަރާތްތައް އިންތިހާބަކާ ނުލައި ހޮވިފައި ވަނީ އިންތިހާބެއް ބޭއްވުމަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތި ލާފައި ނުވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ އޮގަސްޓު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، މާބައިދޫ އިން އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމަށެެވެ.

އަދި ނޭކުރެންދު އާއި ރަކީދޫ އިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެހެންކަމުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދުގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ތިން ރަށުން ކުރިމަތިލީ ފަރާތްތައް މަގާމަށް ހޮވިފައިވާ ކަމަށް އިލެކްޝަނުން ބުނެއެވެ.

މާބައިދުއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކަށް ހޮވިފައިވަނީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލީ އެެރަށު ކޮރިންވިލާ، އައިޝަތު އާދަމް އެވެ. އަދި ނޭކުރެންދޫއިން ހޮވުނީ ޕީޕީއެމްގެ ފަރާތުން ވާދަކުރި އެރަށު، ގިޔަރެސްޓް، ފާތިމަތު ފަޒްނާއެވެ.

ރަކީދުއިން ހޮވުނު ތިން މެންބަރުންނަކީ އެމްއާރުއެމް އަށް ނިސްބަތްވާ ތިން މެންބަރުންނެވެ. އެއީ އާމިނަތު ރަޝީދާ، އާރިފާ މުހައްމަދު އަދި މަރިޔަމް އަމީނާ އެވެ.

comment ކޮމެންޓް