ބޫތު ޕޮލިސް ދައްކާނީ ސެޕްޓެމްބަރު މަހު

ފިލްމުގެ އާ ޕޯސްޓަރު: ފިލްމުގައި ތަރިން ފެނިގެންދާނީ މިހެން---

ހަތަރު ކެރެކްޓާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބޫތު ޕޮލިސް" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފިއެވެ.

މި ފިލްމު އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ހޮޓްސްޓާގައި ސްޓްރީމްކުރަން ނިންމިއިރު މި ފިލްމު އެންމެ ފުރަތަމަ އަޅުވަން ނިންމީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ސިނަމާތަކުގައެވެ. ފިލްމު ސްޓްރީމްކުރާ ތާރީޚު އިއުލާންކުރި އިރު ވަނީ ފިލްމުގެ އާ ޕޯސްޓަރެއްވެސް އާންމުންނަށް ދައްކާލައިފައެވެ.

ސައިފް އަލީ ޚާން، އަރުޖުން ކަޕޫރު، ޔަމީ ގޯތަމް އަދި ޖެކަލީން ފާނަންޑޭޒް ވެސް ފެނިގެންދާ ހޮރޯ ކޮމެޑީ ޖޯންރާއަށް ތައްޔާރުކޮށް ގެނެސްދޭ މި ފިލްމަކީ "ރާގިނީ އެމްއެމްއެސް"ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ ގެނެސްދޭ ފިލްމެކެވެ. މިދިޔަ ހަފްތާގައި ވަނީ ފިލްމުގައި ސައިފް އާ އަރުޖުންގެ ކެރެކްޓާ ދައްކާލާފައެވެ. ފިލްމުގައި ސައިފް ކުޅޭނީ ވައިބޫތީ ކިޔާ މީހެއްގެ ރޯލެވެ. އަދި އަރުޖުން ފެނިގެންދާނީ ޗިރައުންޖީ ކިޔާ ކެރެކްޓާއެކެވެ.

ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމަކީ އަރުޖުން އާ ސައިފް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަދި ޔަމީ އާ ޖެކަލީން ވެސް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް