ރައީސް ސޯލިހަށް އެންމެ އިޚްލާސްތެރި ބޭފުޅަކީ އަޅުގަނޑު: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މަޖިލީހުގެ ރައީށް މުހައްމަދު ނަޝީދު --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ އިހުލާސްތެރި މީހަކީ އެބޭފުޅާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ "އާސްކް ސްޕީކާ" ޕްރޮގްރާމްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކަށް އެބޭފުޅާ ތާއީދުނުކުރާނެ ދުވަހެއް ނާންނާނެ ކަމަށެވެ.

ރައީސް ސޯލިހާ ދެބޭފުޅުންގެ ހިޔާލު ތަފާތުވެގެންދަނީ ރައީސް ސޯލިހު މިހާރު އިންނެވި "ގޮނޑިން" ކަމަށާއި، ދެބޭފުޅުންނަކީ މާ ބޮޑެތި ހަސަދަވެރިންގެ ގޮތުގައި ބައެއް މީހުން ދެކެނީ ކީއްވެކަމެއް ނުސްވިސްނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ސޯލިހު ފާޅުގައި ދެކޮޅު ހެއްދެވި ކަމަށް ބުނެ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރައްވާ އެއްވެސް ކަަމަކަށް ރައީސް ސޯލިހު ދެކޮޅު ނުހައްދަވާނެ ކަަމަށެވެ. އެގޮތުން ބަރުލަމާނީ ނިޒާމު ގެނައުމަށްވެސް ފާޅުގައި ދެކޮޅު ހަދާފައި ނުވާކަން ފާހަގަ ކުރެއްވިއެވެ.

"ރައީސް ސޯލިހު ރައީސުލްޖުމްހުރިއްޔާ ކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ތާއިދުކުރި ވަކި އެކަކަކީ އަޅުގަނޑު. އަދި އެންމެ ގިނަ ތާއީދު ހޯދައިދިނުމަށްވެސް އެންމެ ބޮޑަށްވެސް މަސައްކަތް ކުރެއްވި އެކަކަކީ އަޅުގަނޑު. އަދި މިވަގުތުވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެންމެ އިހުލާސްތެރި މީހަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އަޅުގަނޑު. ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިން ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ރައީސް ސޯލިހުގެ އަރިހުގއި ދަންނަވާފައެވެ. އެކަމަށް ރައީސް ސޯލިހު ވިދާޅުވީ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

https://sun.mv/151307

ރޭގެ ވާހަކަފުޅުގައި ރިޔާސީ ނިޒާމަށް ވުރެ ބަރުލަމާނީ ނިޒާމަކަށް އެމަނިކުފާނު ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން ނަޝީދު އިތުރަށް ވިދާޅުވީ، ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި، އަންނަ އަހަރު ނިޒާމުގެ ވޯޓެއް ނަގަން ފެންނަ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނެގުމަކީ ބޭނުންތެރިކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް