ސެމްސަންގް ގެލެކްސީ އަންޕެކްޑް އިވެންޓް އޯގަސްޓް 11ގައި

ސެމްސަން ގެ އަންޕެކްޑް އިވެންޓެއްގެ ތެރެއިން

ސެމްސަންގް ގެލެކްސީ އަންޕެކްޑް އިވެންޓް އޯގަސްޓް މަހުގެ 11 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ސައުތު ކޮރެއަން ޕަބްލިކޭޝަންސް އިން ނެރުނު ރިޕޯޓެއްގައި ވާ ގޮތުން މިފަހަރުގެ އަންޕެކްޑް އިވެންޓު ބާއްވަން ހަމަޖެހިފައި އޮތީ އޯގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ.

މި އިވެންޓުގައި ސެމްސަންގުން ޖުމްލަ 5 ޕްރޮޑަކްޓެއް ލޯންޗުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ގެލެކްސީ ޒީ ފްލިޕް3 އާއި، ގެލެކްސީ ޒީ ފޯލްޑް3 ހިމެނެއެވެ. ހަމައެއާއެކު ގެލެކްސީ ވޮޗް4، ގެލެކްސީ ވޮޗް އެކްޓިވް4 އަދި ގެލެކްސީ ބަޑްސް2 ވެސް މިފަހަރު ލޯންޗުކުރުމަށް ހަމަޖެހިފައިވެއެވެ.

ޑިޖިޓަލް އޮންލައިގައިވާ ރިޕޯޓް ބުނާގޮތުން މި އަހަރުގެ ސެމްސަން އަންޕެކްޑް އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. މި އިވެންޓު ސެމްސަން ގެ ވެބްސައިޓުގައި ލައިވްސްޓްރީމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އޯގަސްޓު މަހުގެ 11 ވަނަ ދުވަހު މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮރެއާ ގަޑިން ރޭގަނޑު 11 ޖަހާއިރުއެވެ.

comment ކޮމެންޓް