ނޮޅިވަރަންވަރު ނެރު މައްޗަށް ދޯންޏެއް އުރިއްޖެ

މުދާ އުފުލައިގެން ހދ. ނޮޅިވަރަންފަރަށް ދިޔަ ދޯންޏެއް އެރަށު ނެރުމައްޗަށް އުރިއްޖެއެވެ.

"އަލި ސާފު" ކިޔާ މި ދޯނި ނޮޅިވަރަންފަރު ނެރުމައްޗަށް އުރިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ ރޭ 8:51 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

90 ފޫޓްގެ މި ދޯނި ނެރު މައްޗަށް އުރުނު އިރު، މުދަލާއެކު 3 ފަޅުވެރިން ދޯނީގައި ތިއްބެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޑްގާޑް ސްކޮޑްރަން، ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދެއެވެ.

ދޯނީގެ ވެރި ފަރާތުން ހަމަޖެއްސި އުޅަނދެއްގެ އެހީގައި، "އަލި ސާފު" ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ހާދިސާ ހިނގި އިރު ދޯނީގައި ތިބި ދެ ބިދޭސީންނާއި ދިވެހި މީހާގެ ހާލު ވެސް ރަނގަޅު ކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީތެރި ކަމާ އެކު ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް