ޓޯކެން ދޫކޮށްގެން މާލޭގައި ކޮވިޝީލްޑު ދެވަނަ ޑޯޒް މިއަދު ޖަހަނީ

މއަދު މާލޭގައި އެޕޮއިންޓުމަންޓު އުސޫލުން ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޯކެން ނަންބަރު ދޫކޮށްގެންވެސް ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހައިދޭ ގޮތަށް އެޗްޕީއޭއިން މިއަދު ނިންމައިފިއެވެ.

ހެޔޮއެދޭ ފަރާތަކުން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ ގިނަ އަދަދެއްގެ ޑޯޒްތަކެއް މިދިޔަ ހޮނިހިރު ދުވަހު ހަދިޔާ ކުރުމާއެކު އެޗްޕީއޭއިން ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް އުސޫލުން ވެކްސިން ޖަހައިދޭން ނިންމާފައެވެ. އެގޮތުން, ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތަރުތީބަށް އިސްކަންދީގެން އެޕޮއިންޓްމަންޓް ބުކް ކުރުމަށް އެޗްޕީއޭއިން ގުޅަމުން ގެންދާނެކަމަށް ކުރިން ބުންޏެވެ.

ނަމަވެސް މިއަދު ހެނދުނު އެޗްޕީއޭއިން ވަނީ ކުރިއާލާ ޓޮކެން ނަންބަރު ދޫކުރާނެކަމުގެ އިއުލާނެއް ކޮށްފައެވެ. މިއަދު ޓޯކެން ދޫކުރާނީ ފެބްރުއަރީ 1 އިން މާޗު 15 އާ ދެމެދު ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ.

މިއަދު މާލޭގެ ހަތަރު ވެކްސިނޭޝަން ސެންޓަރެއްގައި ވެކްސިން ޖަހާނެއެވެ.

އެއީ:

  • ސޯޝަލް ސެންޓަރު (ހެނދުނު 200 ޓޯކެން, މެންދުރު 200 ޓޯކެން)
  • އިސްލާމިކް ސެންޓަރު (ހެނދުނު 200 ޓޯކެން, މެންދުރު 200 ޓޯކެން)
  • ނޭޝަނަލް އާޓް ގެލަރީ (ހެނދުނު 70 ޓޯކެން, މެންދުރު 70 ޓޯކެން)
  • ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު (ހެނދުނު 120 ޓޯކެން, މެންދުރު 120 ޓޯކެން)

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 10:00 ޖަހާއިރު އަދި މެންދުރުފަހު 1:00 ޖަހާއިރު މާލޭގެ ހަތަރު ވެކްސިން ސެންޓަރެއްގައި ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހަމުން ގެންދާނެ ކަމަށެވެ. އަދި ކިއުބީ އެޕް މެދުވެރިކޮށް ވެކްސިން ޖަހަން ފަށާ ގަޑީގެ އެއް ގަޑިއިރު ކުރިން ޓޯކެން ދޫކުރަން ދާނބެއެވެ.

https://sun.mv/153851

ކޮވިޝީލްޑަކީ ރާއްޖޭގައި ކޮވިޑް19 އާ ދެކޮޅަށް އެންމެ ފުރަތަމަ ޖަހަންފެށި ވެކްސިނެވެ. އަދި އެއީ ރާއްޖޭގައި އެންމެ ގިނަ މީހުން ޖަހާފައިވާ ވެކްސިންވެސް މެއެވެ.

ނަމަވެސް އެ ވެކްސިން އުފައްދާ އިންޑިއާގައި ކޮވިޑް19 ގެ ހާލަތު ގޯސްވެ, ވެކްސިން އިމްޕޯޓުކުރުމަށް ހުރަސްތަކާ ކުރިމަތިވުމުން ރާއްޖޭގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި އެންމެންނަށް ދެވަނަ ޑޯޒް ޖަހާވަރަށް ވެކްސިން ނުލިބި އެ ވެކްސިން ޖެހުން މެދުކަނޑާލުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ވެކްސިން ފުރިހަމަ ނުކުރެވިފައެވެ.

ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ތެރޭގައި ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހަން އެޗްޕީއޭއިން މީގެ ކުރިން ނިންމި ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ބުނެފައިވަނީ ފުރަތަމަ ޑޯޒަށްފަހު ހަ މަސް ދުވަހުގެ ތެރޭގައި ދެވަނަ ޑޯޒް ޖެހޭނެކަމަށާއި އެގޮތަށް ހެދިދާނެކަމުގެ ލަފާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ލިބިފައިވާ ކަމަށެވެ.

comment ކޮމެންޓް