1800 ޓެސްޓުން ޕޮޒިޓިވްވީ 306، މާލެއިން 27

މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޮވިޑަށް ޓެސްޓްކުރި 1853 ސާމްޕަލްގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވެފައިވަނީ 306 މީހުން ކަމަށް ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރީ 403 ސާމްޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 27 މީހުންނެވެ.

އަތޮޅުތެރޭގެ ރަށްރަށުން މިއަދު 245 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 22 މީހުންނެވެ.

ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 172,576 އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 14,469 މީހުން ތިބިއިރު އޭގެ ތެރެއިން އަށް މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.

އިއްޔެ ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 18 ޕަސެންޓުގެ މީހުންނެވެ. އަދި މިއަދު ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ ވެސް 16.51 ޕަސެންޓެވެ.

comment ކޮމެންޓް