ހިޔާ ފްލެޓް ލިބުނު މީހުންނަށް ލިޓަސްއިން އަގުހެޔޮ ޕެކޭޖެއް!

ހިޔާ ފްލެޓްތައް އޭގެ ހައްގުވެރީންނަށް ދައްކާލުން: ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ލިޓަސް އިން ވަނީ ހާއްސަ ޕެކޭޖެއް ތައާރަފް ކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ޚާއްސަކޮށް ލިޓަސް ކޮންސްޓްރަކްޝަންގެ ފަރާތުން "ހިތްގައިމު ދިރިއުޅުން" ނަމުގައި ފިނިޝިންގ މަސައްކަތަށް ޚާއްސަ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

ލިޓަސް ގުރޫޕުގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން އާސިފް ރަޝީދު "ސަން" އަށް ވިދާޅުވީ "ހިތްގައިމު ދިރިއުޅުން" ޕެކޭޖު ތައާރަފުކުރުމުގެ މައިގަނޑު މަގްސަދަކީ ހިޔާ ފްލުޓަތަކުގައި ދިރިއުޅޭ އެންމެން އެއްފެންވަރެއްގައި ހިތްހަމަޖެހިލައިގެން ދިރިއުޅުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ. މި ޕެކޭޖަކީ ޚަރަދުގެ ގޮތުން ލުއި ޖުމުލަ ހައްލު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖޫން 28، 2021: ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ފްލެޓްތައް ދައްކާލުން: ހުރިހާ މީހުންވެސް ދައްކަނީ ފްލެޓްތަކުގައި ހުރި މައްސަލަތަކުގެ ވާހަކަ: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މި ޕެކޭޖު ތައާރަފުކުރުމުގައި އަޅުގަނޑުމެންގެ އަމާޒަކަށްވީ ވީހާވެސް ލުއިގޮތެއްގައި ވީހާވެސް ރަނގަޅަށް ފިނިޝިން ނިންމާލާ ހިތްހަމަ ޖެހިލައިގެން އަމިއްލަ ފުލެޓަށް ބަދަލުވާނެ ތަނަވަސް ފުރުސަތެއް ހޯދައިދިނުން. ވަރަށް ގިނަބައެއްގެ އެދުމުގެ މަތިން މިކަހަލަ ޕެކޭޖެއް ފަރުމާކުރެވި މިއަދު ވުޖޫދަށް މިއައީ،" އާސިފް ވިދާޅުވިއެވެ.

މި ޕެކޭޖަކީ ފްލެޓް މިހާރު ހުރި ހާލަތުން ދިރިއުޅެވޭނެ ފެންވަރަށް ތަން އެއްކޮށް ނިންމުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އެކުލެވިފައިވީ ޕެކޭޖެކެވެ. މި ޕެކޭޖަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވަނީ 48 މަހަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރެވޭގޮތަށެވެ. މިއީ އިސްލާމީ ޝަރީޢާގެ އޮނިގަނޑަށް ފެތޭ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ.

ހިޔާ މަޝްހޫރުގެ 7000 ފްލެޓްގެ ތެރެއިން 700 ފްލެޓަށް އަމާޒުކުރެވިފައިވާ މި ޕްރޮޖެކްޓަށް ސްލޮޓުތައް ދޭން ނިންމާފައި ވަނީ އެގްރިމެންޓުކުރަން ލިބޭ ތަރުތީބުންކަމަށް ވެސް ލިޓަސް ގުރޫޕުގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން އާސިފް ވިދާޅުވިއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7978339 ނަމްބަރު ފޯނަށް ގުޅުމަށް ލިޓަސްއިން ވަނީ އެދިފައެވެ.

comment ކޮމެންޓް