އެވިޑް ސްކޫލް އޮފް އޭވިއޭޝަންސްއަށް ޑީންއެއް

އެވިޑް ސްކޫލް އޮފް އޭވިއޭޝަންސްގެ ޑީންގެ މަގާމު އުފައްދައި އެ މަގާމަށް ގދ. ތިނަދޫ ފުސްތޮޅާގެ, މުހައްމަދު ޝަރީފް ހަމަޖައްސަވައިފި އެވެ.

އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއް ގައި، އެ މަޤާމަށް އައްޔަންކުރެވުނު ޝަރީފްއަށް މަގާމުގެ ލިޔުން ޙަވާލުކުރެއްވީ އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދުއެވެ.

މި ރަސްމިއްޔާތު ގައި އެވިޑް ކޮލެޖްގެ ސީނިއާ މަގާމު ތަކުގައި ތިއްބެވި ބޭފުޅުން ވެސް ބައިވެރި ވެފައި ވެއެވެ.

ޝަރީފް ވަނީ 2018 ވަނަ އަހަރު އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފަ އެވެ.

އަދި 2001 ވަނަ އަހަރު ބެޗްލަރސް އޮފް ބިޒްނަސް (ހިއުމަން ރިސޯސް މެނޭޖްމަންޓް) ހާސިލް ކުރައްވާފައި ވާއިރު، ޓީޗިންގްއާއި ޕޮލިސިންގްއާ ގުޅުން ހުރި ކޯސްތައް ހައްދަވާފައި ވެއެވެ.

މީގެ ކުރިން ޝަރީފް ވަނީ ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓުގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ގައި ސޭފްޓީ އެންޑް ސެކިއުރިޓީ މެނޭޖަރ އެއްގެ ގޮތުންނާއި ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ގައި ސޭފްޓީ އެންޑް ސެކިއުރިޓީ ސްޕަވައިޒަރ އެއްގެ ގޮތުގައި ޝަރީފް ވަނީ ވަޒީފާ އަދާ ކޮށްފަ އެވެ.

https://sun.mv/153550

މީގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކުގައިވެސް އޭނާ މަސައްކަތްކުރައްވާފައިވެއެވެ.

ޝަރީފް ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގައި ޗީފް ސްޓޭޝަން އިންސްޕެކްޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ އިތުރުން، ބައެއް ސްކޫލްތަކުގައި ހެޑްމާސްޓަރުކަންވެސް ކުރައްވާފަ އެވެ.

އެވިޑް ސްކޫލް އޮފް އޭވިއޭޝަނަކީ އައްޑޫގައި ހިންގަމުން އައި ފްލައިންގް ސްކޫލް ކަމުގައިވާ އޭޝިއަން އެކެޑެމީ އޮފް އެރެނޯޓިކްސްގެ މިލްކިއްޔާތުގައިވާ ހުރިހާ މުދަލެއް އެވިޑް ކޮލެޖުން ގަނެ, އުފެއްދި ފްލައިންގް ސްކޫލެކެވެ.

comment ކޮމެންޓް