މޮރޮކޯގެ ސަފީރު ކަމަށް ޑރ. އާސިމް އައްޔަން ކުރަން ރުހުން ދީފި

ޑޮކްޓަރ އާސިމް އަދި ރައީސް ސޯލިހު --- ފޮޓޯ: ރައީސް އޮފީސް

ކިންގްޑަމް އޮފް މޮރޮކޯއަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ޑރ. އާސިމް އަހުމަދު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

އެ މަގާމަށް ޑރ. އާސިމް އައްޔަން ކުރެއްވުމަށް ދިރާސާކުރުމަަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

އެގޮތުން ކިންގްޑަމް އޮފް މޮރޮކޯއަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ޑރ. އާސިމް ހަމަޖެއްސުމަށް ރުހުން ދިނުމަށް މަޖިލީހުން މިއަދު ނެގި ވޯޓުން ޑރ. އާސިމް އަށް ރުހުން ދީފައިވަނީ 53 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މަޖިލީހަށް މިއަދު ހާޒިރުވި 55 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 53 މެންބަރުންވެސް ޑރ. އާސިމް އެ މަގާމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓު ދީފައިވާއިރު ނުފެންނަ ކަަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

ރުހުން ހޯދުމަށް ބޭނުންވަނީ ޖުމްލަ 27 ވޯޓެވެ.

ޑރ. އާސިމަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބެވެ. ރާއްޖޭގެ ޚާރިޖިއްޔާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވާފައިވާ ޑރ. އާސިމް ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

comment ކޮމެންޓް