މިއަދު ޕޮޒިޓިވްވީ 145 މީހުން، މާލެ ސަރަހައްދުން 61

އޭޕްރީލް 19، 2021: ހަވީރު ގަޑީގައި ބޮޑުތަކުރުފާނުމަގު ބާރުބޮޑުވެފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 145 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 61 މީހުންނާއި އެހެން ރަށްރަށުން 77 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ހަތް މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 72،294 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލިޖެހިފައި ތިބި 4،569 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 39 މީހުންނަށެވެ.

މިއަދު ބަލިން ރަނގަޅުވީ 359 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 67،507 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 207 މީހުން ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި މިހާތަނަށް 315،397 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ވަނީ ޖަހާފަ އެވެ. އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 184،212 މީހުންނެވެ.

comment ކޮމެންޓް