ސްޓެލްކޯގެ އަހަރީ ދުވަހާ ގުޅިގެން އެޗްއީއޯސީއަށް ތަކެތި ހަދިޔާކޮށްފި

ސްޓެލްކޯގެ އަހަރީ ދުވަހާ ގުޅިގެން އެޗްއީއޯސީއަށް ތަކެތި ހަދިޔާކުރުން-- ފޮޓޯ/ސްޓެލްކޯ

ސްޓެލްކޯގެ 24ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޗްއީއޯސީގައި މަސައްކަތްކުރާ ފަރާތްތަކަށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

ސްޓެލްކޯއިން ބުނީ ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނޭނީ އެޗްއީއޯސީގައި މަސައްކަތްކުރާ ފަރާތްތަކަށް، މަސައްކަތުގައި އުޅޭ ވަގުތު ބޭނުންކުރެވޭ ފަދަ ތަކެތި ކަމަށެވެ.

މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު ތަކެތި ހަދިޔާކުރުމުގެ އިތުރުން، އެޗްއީއޯސީގައި މަސައްކަތްކުރާ ފަރާތްތަކުން ވަމުންގެންދާ ގުރުބާނީ، ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯގެ އަހަރީ ދުވަހަކީ މި މަހުގެ 19ވަނަ ދުވަހެވެ. އަހަރީ ދުވަހުގެ މުނާސަބަތުގައި ލޭ ހަދިޔާކުރާ ކޭމްޕެއްވެސް ވަރަށް އަވަހަށް ބާއްވާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ސްޓެލްކޯ ކުންފުންޏަށް މިއަހަރު 24 އަހަރު ފުރުނު ނަމަވެސް، މިއަހަރުގެ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 72 އަހަރު. ޑިސެމްބަރު 20ވަނަ ދުވަހު ފުރޭނެ އެވެ.

comment ކޮމެންޓް