މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

ގެއްލިގެން ހޯދަމުން ދަނިކޮށް މަރަލާފައި އޮއްވާ ފެނުނު ކުޑަކުއްޖާ ފެނުމުން ހުޅުމާލޭ ދެވަނަ ފޭސް ކޯޑަންކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން

މަރާލުމަށްފަހު ފޮއްޓަކަށް ލައި އެއްލާލާފައި އޮއްވައި ހުޅުމާލެ އިން ރޭ ފެނުނު ކުޑަ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މަރާލާފައި އޮއްވާ ރޭ ފެނުނީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ފުލުހުން ބުނީ އެކުއްޖާ މަރާލާފައި ވަނީ ރަހީނު ކުރުމަށްފަހު ކަމަށްެވެ. އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ ބީޗު ސަރަހައްދުންނެވެ.

ފުލުހުން ބުނެފައިވަނީ ކުއްޖަކު ރަހީނުކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ހުށަހެޅިފައިވާ ކަމަށާއި އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުއްޖާ މަރާލާފައި އޮއްވާ ރޭ 2:38 ގައި ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ އާއި ގުޅިގެން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

comment ކޮމެންޓް