ޑޮލަރު ހޯދައިދޭނެ ކަމަށްބުނެ އޮޅުވާލައިގެން ފައިސާ އަތުލި މީހަކު ހޯދަނީ

ޑޮލަރު ހޯދައިދޭނެ ކަމަށްބުނެެ އޮޅުވާލައިގެން ފައިސާ އަތުލި މީހަކު ހޯދަން ވީޑިއޯ އެއް އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހާ އަކީ މި އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު، ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ބިދޭސީއެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ ގައި އޮޅުވާލައިގެން ފައިސާ ހޯދި މީހާ އޮފީހަކަށް ވަންނަ މަންޒަރާއި، އެމީހާ މަގުމަތީ ހަރަކާތްތެރިވާ މަންޒަރު ފެނެ އެވެ.

ވީޑިއޯ އިން ފެންނަ މީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.

މި މައްސަލައިގެ އިންސިޑެންޓު ނަންބަރަކީ 485538 އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

comment ކޮމެންޓް