މޯލްޑިވް ގޭހުގެ މެނެޖިން ޑިރެކްޓަރުގެ މަގާމުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސަސްޕެންޑު ކުރެއްވި ޝަޒައިލް ސިޔާްމްގެ ސަސްޕެންޝަން އުވާލައިފި އެވެ.
ޝަޒައިލްގެ ސަސްޕެންޝަން އުވާލިކަން އާންމުކޮށް މޯލްޑިވް ގޭހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކުރެވުުނު ތުހުމަތުތަކަކާ ގުޅިގެން އޭސީސީ ބެލި މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ނުހިމެނޭ ކަމަށް ސާބިތުވާކަމަށް އޭސީސީ އިން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
"ޖޫން، 20 އިން ފެށިގެން މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަަޒައިލް ސިޔާމްގެ ސަސްޕެންޝަން އުވާލާ، އަލުން އަނބުރާ ވަޒީފާއަށް ރުޖޫއަކޮށްފައިވާތީ. މިކަން ތިޔަފަރާތްތަކުގެ މައުލޫމާތަށް ދެންނެވީމެވެ،" މޯލްޑިވް ގޭހުގެ ނޫސްބަޔާނުގައި ބުންޏެވެ.
ޝަޒައިލް ސަަސްޕެންޑު ކުރީ ރައީސް އޮފީހުގެ "ޒިރޯ ޓޮލަރެންސް" ޕޯޓަލްއަށް އޭނާ އާ ދެކޮޅަށް ހުށަހެޅި ރިޝްވަތާއި ކޮރަޕްޝަންގެ ޝަކުވާތަކަކާ ގުޅިގެންނެވެ.
އޭނާގެ މައްސަލަ ބަލައި، އޭސީސީ އާއި ފުލުހުން ވެސް ބުނެފައި ވަނީ ޝަޒައިލްއާ ދެކޮޅަށް ހެކި ލިބިފައި ނުވާ ކަމަށެވެ.