ޕޮލެންޑާއި ރާއްޖެއާ ދެމެދު ޗާޓަރު ދަތުރުތަކެއް ފަށައިފި

ލޫކް އެއާ އިން ރާއްޖެއަށް ޗާޓަރު ދަތުުރުތައް ފެށުން -- ފޮޓޯ: ވީއައިއޭ

ޕޮލެންޑާ ރާއްޖެއާ ދެމެދު ޗާޓަރު ދަތުރުތަކެއް ފަށައިފި އެވެ.

ޕޮލެންޑުގެ ބްލޫ ޕެނަރާމާ އެއާލައިންސްގެ ދަށުން ހިންގާ ލޫކް އެއާ އިން ރާއްޖެއަށް ޗާޓަރު ދަތުުރުތައް ފަށާފައިވާ އިރު މީގެ ކުރިން ބްލޫ ޕެނަރާމާ އިން ވެސް ވަނީ ރާއްޖެއަށް ޗާޓަރު ދަތުރުތައް ކޮށްފަ އެވެ.

ޕޮލެންޑުގެ ޓުއާ އޮޕަރޭޓަރު އިޓާކާ އާ ރާއްޖޭގެ ސަން އޯޝަން މޯލްޑިވްސް ގުޅިގެން ކުރާ މި ދަތުރުތައް އަންނަ އަހަރުގެ އޭޕްރީލް އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. މި އަހަރުގެ ތެރޭގައި ޕޮލެންޑުގެ ލޮޓް ޕޮލިޝް އިންވެސް ވަނީ ރާއްޖެއަށް ޗާޓަރު ދަތުރުތައް ކޮށްފަ އެވެ.

އިއްޔެގެ ފްލައިޓުގައި 294 ފަސިންޖަރުން ރާއްޖެ އައިސްފައިވާއިރު ޕޮލެންޑުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ އިކާޓާ އާއެކު ކެމްޕެެއިނެއްވެސް ފަށައިފަ އެވެ.

ޕޮލެންޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މާކެޓެކެވެ. އެ ގައުމުން 8،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު މިފެށި ދަތުރުތަކާ އެކު އެ އަދަދު އިތުރުވާނެ އެވެ.

comment ކޮމެންޓް