ކޮވިޑް19: މިއަދު ޕޮޒިޓިވްވީ 241 މީހުން، މާލެ އިން 90

މޭ 26، 2021: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން އިތުރު 241 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑި އިރު ޓެސްޓުކޮށްފައި ވަނީ 4،418 ސާމްޕަލް އެވެ.

މިއަދު ޕޮޒިޓިވްވި 241 މީހުންގެ ތެރޭގައި ހިމެނެނީ, މާލެ ސީޓީން ޕޮޒިޓިވްވި 90 މީހަކާއި ރަށްތަކުން ޕޮޒިޓިވްވި 143 މީހެކެވެ. އޭގެ އިތުރުން ރިސޯޓުތަކުން ހަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު މިހާތަނަށް 71,138 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 63,180 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ, 7،747 މީހުންނެވެ.

ބަލީގައި މިހާތަނަށް ޖުމްލަ 200 މީހަކު ވަނީ މަރުވެފައެވެ.

ކޭސްތައް މިހާރު ދަށްވާން ފަށާފައިވާއިރު, މިދިޔަ މަހު 26 އިން ފެށިގެން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އިއްޔެ ވަނީ ބައެއް ލުއިތައް ދީފައެވެ. އެގޮތުން ކާފިއު ވަގުތު ހަވީރު 4:00އިން ފަތިހު 4:00އަށް ވަނީ ކުރުކޮށްފައެވެ. އަދި ފަތިހު 4:00އިން ފެށިގެން ހެނދުނު 8:00އަށް ޕާމިޓާ ނުލާ އެކަނި ކަސްރަތު ކުރުމަށް ނުކުތުމުގެ ހުއްދަ ވަނީ ދީފައެވެ. އޭގެ އިތުރުން މިސްކިތްތައް ހުޅުވަން ނިންމައި, އެކަނި މިސްކިތުގައި ނަމާދު ކުރެވޭ ގޮތަށް ހެދުމަށްވެސް އެޗްޕީއޭއިން މިހާރު ވަނީ ނިންމާފައެވެ.

comment ކޮމެންޓް