ބަތަލާ ޔަމީ އާ ފިލްމަކަށް ސޮއިކޮށްފި

ޔަމީ ގޯތަމް--

މިދިޔަ ހަފްތާގައި ކައިވެނިކުރި ބޮލީވުޑްގެ ބަތަލާ ޔަމީ ގޯތަމް އާ ފިލްމަކަށް ސޮއިކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބަތަލާ ޔަމީ ސޮއިކުރީ އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ "އޯ މައި ގޯޑް 2" އިންނެވެ. މި ފިލްމުގެ ޝޫޓިން ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާއިރު މި ފިލްމުގެ ފުރަތަމަ ބައި ނުކުތީ 2012 ގަ އެވެ. މި ފިލްމުވެގެންދާނީ ބަތަލާ ޔަމީ އާ އެކްޓަރު އަކްޝޭ އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.

މި ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓްކުރީ އުމޭޝް ޝުކްލާއެވެ. އަދި އެ ފަހަރު އަކްޝޭ އާއެކު ފިލްމުގެ ލީޑު ރޯލުން ފެނިގެން ދިޔައީ ޕަރޭޝް ރާވަލް އެވެ. މި ފަހަރުގެ ފިލްމުގައި އޭނާއެއް ނުފެންނާނެ އެވެ.

އޯ މައި ގޯޑްގެ ޝޫޓިން ކުރިއަށް ދާނީ ދެ މަސް ދުވަހުގެ މުހުލަތަކަށެވެ. ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތް މިހާރު ފަށާފައިވާއިރު މިހާރު އަންނަނީ ފިލްމުގެ ޝޫޓިން ކުރިއަށް ގެންދާނީ ކޮން ކޮން ލޮކޭޝަންތަކެއްގައި ކަން ބަލަމުންނެވެ.

comment ކޮމެންޓް