މިއަދު ޕޮޒިޓިވްވީ 341 މީހުން، މާލެއިން 160

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 341 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ކޮވިޑް19ގެ މިއަދުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރޭ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާ ދެމެދު ރާއްޖެއިން ޕޮޒިޓިވްވީ 5,190 ސާމްޕަލްގެ ތެރެއިން 341 ސާމްޕަލްއެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 160 ކޭސްއާއި މީހުން ދިރިއުޅޭ އެހެެނިހެން ރަށްރަށުން 153 ކޭސް އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 28 ސާމްޕަލްއެކެވެ.

މިއަދުގެ އަދަދުތަކާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 68,213 އެވެ. އޭގެ ތެރެއިން 53,392 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިވަގުތު ކޮވިޑް19 ޖެހިފައި ތިބި މީހުންގެ އަދަދަކީ 15,621 އެވެ.

މިވަގުތު ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކޮވިޑް19 ބަލިމީހުންގެ އަދަދުވެސް ވަނީ މަދުފުވެފައެވެ. މިދިޔަ މަހުގެ ތެރޭގައި މި އަދަދު 300 އާ ގާތްކުރާ އަދަދަށް އެރި ނަމަވެސް މިއަދު އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 146 މީހަކަށެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މުޅި ރާއްޖެއިން 511 މީހަކު ކޮވިޑް19 ވެކްސިނުގެ ފުރަތަމަ ޑޯޒު, އަދި 859 މީހަކު ދެވަނަ ޑޯޒު ޖަހާފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް