މާލޭ ރައްޔިތުން ޕިކްނިކް ދާން ފަރުކޮޅުފުށި ކަނޑައަޅަނީ

އޭޕްރީލް 2، 2020: ފަރުކޮޅުފުށި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ރައްޔިތުން ޕިކްނިކް ދާން އެންމެ އެކަށީގެންވާ ތަނެއްގެ ގޮތުގައި މިހާރު ފާހަގަ ކުރެވެނީ ފަރުކޮޅުފުށި ކަމަށާއި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ވާހަކަ ދައްކައިގެން، މާލޭ ރައްޔިތުން ޕިކްނިކް ދިޔުމަށް ފަރުކޮޅުފުށި ހާއްސަ1ކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭ އޮތް ފަަރުކޮޅުފުށި އޮތީ ފަޅުރަށެއްގައި ކަމަށާއި ހުޅުމާލޭ ދެވަނަ ފިޔަވައްސާ އެއްކޮށްލާފައިވާ އެ ރަށުގައި ކުރާ ކޮންމެ ކަމަކީ މާލޭގެ ރައްޔިތުންނަށް އޭގެ މާލީ ފައިދާ ވާންޖެހޭނެ ކަމެއް ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގެ މިލްކުވެރިޔަކީ އެޗްޑީސީ ކަމަށްވާއިރު އެޗްޑީސީއާ ވާހަކަ ދައްކައިގެން އެތަނުން ލިބޭ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް މަސައްކަތްކުރަން ކައުންސިލުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ފަރުކޮޅުފުށީގައި އެއްވެސް ކަމެއް ކުރާ ނަމަ އެކަމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުށި މިހާރު ބޭނުން ކުރަނީ ކޮވިޑް19ގެ އައިސޮލޭޝަން ފެސިލިޓީއަކަށެވެ. ފެސިލިޓީއަށް ބަދަލުކުރުމުގެ ކުރިން އެތަނަކީ އެކި އިވެންޓުތަކާއި ހަފްލާތަކަށް ބޭނުން ކުރަމުން ދިޔަ ތަނެކެވެ.

comment ކޮމެންޓް