ޕްރިންސް ހެރީ އާއި މޭގަންގެ ދަރިކަނބަލުންގެ ނަމަކީ ލިލިބެޓް ޑަޔާނާ!

ޕްރިންސް ހެރީ އާ މޭގަން އަދި ދެމަފިރިންގެ ދަރިކަލުން އާޗީ---

އިނގިރޭސި ރާނީ އެލިޒަބެތު ދެވަނައިގެ މާމަ ދަރިކަލުން ޕްރިންސް ހެރީ،36، އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކަލް 39 އަށް އަންހެން ދަރިކަނބަލެއް ލިބިވަޑައިގެންފި އެވެ.

ހުކުރު ދުވަހު އުފަންވި މި ދަރިކަނބަލުގެ ނަމަކީ ލިލިބެޓް ޑަޔާނާއެވެ. ލިލިބެޓް އުފަންވިއިރު އުފަންވި އިރު ބަރުދަނަކީ 3.4 ކިލޯގްރާމެވެ. ޕްރިންސް ހެރީގެ މަންމާފުޅު ޕްރިންސަސް ޑަޔާނާ ގެދަރިކަނބަލަށް ދެއްވީ ޑަޔާނާ އަށް އިޚްތިރާމްކުރެއްުމުގެ ގޮތުން ކަމަށް ޚަބަރުތައް ބުނެ އެވެ. ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި ދަރިކަނބަލުން އުފަންވިއިރު ދެމައިންގެ ހާލު ވެސް ރަނގަޅެވެ.

ލިލިބެޓް ޑަޔާނާ ވެގެންދާނީ ރާނީ އެލިޒަބަތުގެ 11 ވަނަ މުނިމާމަ ދަރިކަނބަލަށެވެ.

ޕްރިންސް ހެރީ އާ މޭގަން ވަނީ ޝާހީ އާއިލާއާ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދުމުގެ ސަބަބުން ޝާހީ ޒިންމާތައް ދޫކޮށްލައްވައި އެމެރިކާ އަށް ދިރިއުޅުއްވުން އެއްކޮށް ބަދަލުކުރައްވާފަ އެވެ.

ހެރީ އާ މޭގަންގެ ދަރިކަލަކު އެބަހުއްޓެވެ. އެއީ އާޗީ ހެރިސަން މައުންޓްބެޓަން ވިންޑްޒާ އެވެ. އާޗީ އަށް މި އަހަރު ދެ އަހަރު ފުރިއްޖެ އެވެ. ޕްރިންސް ހެރިީ އާ މޭގަން ކައިވެނިބައްލަވައިގަތީ 2018 ވަނަ އަހަރުގަ އެވެ.

comment ކޮމެންޓް