ލިޔުޝާގެ މަރުގެ މައްސަލަ ހިޔުމަން ރައިޓްސް ކޮމެޓީން ބަލަނީ

ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު

މާލޭގެ ގެއެއްގެ ތެރޭ މަރުވެފައި އޮއްވާ ފެނުނު އަންހެންމީހާގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީ އިން ބަލަން ނިންމައިފި އެވެ.

މިއަދު ކުރިއަށްގެންދިޔަ އެ ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ މަރުގެ މައްސަލާގައި ކަންބޮޑުވުން އެބަހުރި ކަމަށާއި އޭނާ އަކީ ނޭޝަނަލް ޑްރަގް އެޖެންސީގެ މެތަޑޯން ޓްރީޓުމެންޓު ނަގަމުން ދިޔަ މީހަކަށްވެފައި، އެ ފަރުވާ ހޯދާ މީހުންނަކީ ގާތުން މޮނީޓާ ކުރަން ޖެހޭ ބަޔަކަށްވާތީ އެކަން ބަލަން ބޭނުންވާ ކަމަށެވެ.

ޖީހާން ވިދާޅުވީ އަންހެން މީހާގެ ފަރުވާ އާއި އޭނާގެ މަރާ ގުޅޭގޮތުން އެންޑީއޭ އާއި އެހެން މުވައްސަސާތަކުން މައުލޫމާތު ސާފުކުރައްވާނެ ކަމަށެވެ.

މި މަހުގެ އެއްވަނަ ދުވަހުގެރޭ، މާލޭ ގަލޮޅު ގެއެއްތެރޭ މަރުވެ ގިނަ ދުވަސްވެފައި އޮއްވާ ފެނުނީ އުމުރުން 27 އަހަރުގެ ލިއުޝާ ޝާކިރެވެ. އޭނާގެ މަރުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް