ކޮންޖުއަރިންގެ ތިން ވަނަ ބައިގެ އާ ޓްރެއިލާ އެއް

ޓްރެއިލާގެ މަންޒަރެއް---

ކާމިޔާބު ދެ ބައި ގެނެސްދީފައިވާ މަޝްހޫރު ފިލްމު "ދަ ކޮންޖުއަރިން"ގެ ތިން ވަނަ ބައިގެ ރަސްމީ ޓްރެއިލާ ނެރިފައި ވަނިކޮށް ފިލްމުގެ އާ ޓްރެއިލާއެއް ނެރެފިއެވެ.

ގައިން ހީބިހި ނަގައިގެން ދިޔަ މި ޓްރެއިލާ އިން ފެނިގެންދަނީ 1981 ވަނަ އަހަރު ކޯޓު ކޭހެއްގެ ތަހުގީގު ހިނގި ގޮތުގެ މަންޒަރެވެ. އަދި އެ މަރު ހިނގީ ޖިންނިއެއްގެ ސަބަބުން ކަން ކޯޓުގައި ސާބިތުކޮށްދޭ މަންޒަރު މި ފިލްމުން ފެނިގެންދާނެއެވެ.

މި ފަހަރުގެ ފިލްމުގައި ފެނިގެންދާނީ ވެސް ކުރީ ދެ ފިލްމެކޭ އެއްގޮތަށް ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފަހަރުގެ ފިލްމުގައި ކިޔާދޭނީ 1981 ވަނަ އަހަރު މަރުގެ ތުހުމަތެއް އޮތް އާރން ޖޯންސަންގެ މަރުގެ ވާހަކަ އެވެ.

ޝައުގުވެރި މަންޒަރުތަކެއް ޓްރެއިލާ އިން ފެނިގެންދިޔައިު ސިއްސަ ސިއްސައިގެންދާ މަންޒަރުތަކެއް ވެސް ޓްރެއިލާ އިން ފެނިގެންދިޔަ އެވެ. މި ފިލްމު ތިއޭޓާތަކުގައި އެޅުވުމަށް ފަހު އެޗްބީއޯ މެކްސް އިން ސްޓްރީމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފިލްމު ތިއޭޓާތަކަށް ރިލީޒްކުރާނީ މާދަމާއެވެ. ބޮކްސް އޮފިސްގައި އެންމެ ކާމިޔާބު ބިރުވެރި ފިލްމުތަކުގެ ތެރެއިން ނުވަ ވަނައަށް ޖާގަ ހޯދާފައިވާ މިފިލްމުގެ ފުރަތަމަ ބައެއް އާންމުންނާ ހަމައަށް އައީ 2013 ވަނަ އަހަރުގަ އެވެ. އަދި ފިލްމުގެ ދެވަނަ ބައި ރިލީޒްކުރީ 2016 ވަނަ އަހަރުގަ އެވެ.

comment ކޮމެންޓް