އެމްޓިސީސީގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފި

އެމްޓީސީސީގެ 2019ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ-- ފޮޓޯ/އެމްޓީސީސީ

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފި އެވެ.

ޖަލްސާ ފަސްކުރިކަން އަންގައި އެ ކުންފުނިން ހިއްސާ ދާރުންނަށް ފޮނުވި ނޯޓިސްގައި ބުނީ އެ ކުންފުނީގެ ހާއްސަ ގޮތުން ކުރި އާންމު ޖަލްސާ މެއި 16 ވަނަ ދުވަހު ބާއްވަން ޖެހުމާ ގުޅިގެން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ އާއެކު އަހަރީ އާންމު ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ.

ލިސްޓިން ރޫލްސްއާއި ސެކިއުރިޓީޒް ކޮންޓިނުއިން ޑިސްކްލޯޒާ އޮބްލިގޭޝަން އޮފް އިޝުއާޒް ރެގިއުލޭޝަންގެ ދަށުން، ލިސްޓެޑް ކުންފުނިތަކުން 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަންޖެހޭ އެންމެފަހު ތާރީހަކީ 31 މެއި އެވެ.

ސީއެމްޑީއޭގެ ހުއްދަ ލިބިފައިވުމުން ޖަލްސާ ފަސްކުރި ނަމަވެސް ޖޫން 30 ގެ ކުރިން އަހަރީ އާންމު ޖަލްސާ ބާއްވާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާ އަކަށް ތިން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.

comment ކޮމެންޓް