މާދަމާއިން ފެށިގެން އެމްޕީއެލް ބަހުގެ ހިދުމަތް މެދުކަނޑާލަނީ

ފެބްރުއަރީ 3، 2021: ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ އިން ފެށިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދެމުން އަންނަ ބަހުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް ގްރޭޓާ މާލެ ޓްރާންސްޕޯޓު ލިންކުން ބުނެފި އެވެ.

އެމްޕީއެލް އިން އަންނަނީ ހުޅުމާލެ-މާލެ އަދި ހުޅުލެ-މާލެ އާ ދެމެދު ބަހުގެ ހިދުމަތް ދެމުންނެވެ.

ގްރޭޓާ މާލެ ޓްރާންސްޕޯޓު ލިންކުން ބުނީ އަލުން ބަހުގެ ހިދުމަތް ފަށާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ. ވަކި ގޮތެއް އަންގަންދެން، ބަހުގެ ހިދުމަތް މެދުކެނޑިފައި އޮންނާނެ ކަމަށެވެ.

މާދަމާއިން ފެށިގެން ބަހުގެ ހިދުމަތް މެދުކަނޑާލަން ނިންމާފައި ވަނީ، މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއުގެ ވަގުތު އިތުރުކޮށް، އެހެން ވަގުތުތަކުގައި ހުއްދަ ނެތި ބޭރުގައި އުޅުން މަނާވާނެތީ އެވެ.

ގެއިން ނިކުތުމަށް ކޮންމެ ގޭބިސީއަކަށްވެސް ދޫކުރާނީ ދެ ރެސިޑެންޝަލް ޕާމިޓެވެ. އެ ޕާމިޓް ދޫކުރަން ހެމަޖެހިފައިވަނީ ދުވާލުގެ ކާފިއު ވަގުތުތަކުގައި ދެބަޔަކަށް ބަހާލައިގެންނެވެ. ބައެއް ޕާމިޓޫތައް ދޫކުރާނީ ހެނދުނު 8:00އިން މެންދުރު 12:00އަށެވެ. އަނެއް ޕާމިޓްތައް ދޫކުރާނީ މެންދުރު 12:00އިން ހަވީރު 4:00އަށް އެވެ.

ޕާމިޓު އޮތް ނަމަވެސް، ހުޅުމާލެ އިން މާލެއަށް އަދި މާލެ އިން ހުޅުމާލެ އަށް ދަތުރުކުރުން މަނާވާނެ އެވެ.

comment ކޮމެންޓް