އަދީބުގެ މައްސަލަތައް ބާތިލުކުރި ގާޒީ އިސްމާއިލް ރަޝީދު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ އާ ގުޅިގެން ޖޭއެސްސީ އިންް މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދިބުގެ މައްޗަށް ދައުވާ އުފުލުމަށް ފޮނުވި ހަތް ގަޒިއްޔާ، ކްރިމިނަލް ކޯޓުން ބާތިލު ކުރި ހުކުމް އޮތީ އެ މައްސަލާގައި ދައުވާ ކުރަން ފޮނުވުމުގެ ކުރިން ލިޔެފައި ކަމަށެވެ.

އެގޮތުން އެ މައްސަލަތަކުގައި 2020 ޖުލައި 14 ވަނަ ދުވަހު ހުކުމް ކޮށްފައިވާއިރު، އެ ހުކުމަކީ 22 ފެބްރުއަރީ 2020 އިން ފެށިގެން ތައްޔާރުކޮށްފައިވާ ހުކުމެއް ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް ބުނެފައިވެއެވެ. ޖޭއެސްސި އިންް ބުނީ "އިޖުރާއީ ގޮތުން ނިންމާ ނިންމުން" ޖަހައި ޑޮކިޔުމެންޓެއް ސޭވްކޮށްފައި އޮތް ކަމަށާއި، އެ ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތާ އާއި ހުކުގައިވާ ނުކުތާ އަކީ އެއް ނުކުތާ އެއް ކަމަށެވެ.

އެ ލިޔުން ސޭވްކޮށްފައިވަނީ "trip finale v2" ގެ ނަމުގައި ކަމަށާއި އެ ނަމަކީ އާންމު ގޮތެއްގައޮ އެފަދަ ޑޮކިޔުމެންޓެސް ގާޒީއަކު ސޭވްކުރާނެ ނަމެއްކަމަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލު ނުކުރެވޭ ކަމަށް ބުންޏެވެ.

ގާޒީ އިސްމާއިލްް ރަޝީދު ބޭނުންކުރުމަށް ކްރިމިނަލް ކޯޓުގައި ކޮމްޕިޔުޓަރު ސިސްޓަމެއް ހުންނައިރު، ކޯޓުގައި ހިންގާ ގަޒިއްޔާތަކެއްގެ ލިޔެކިޔުންތައް ޕެންޑްރައިވެއްގައި ގެންގުޅުމާއި، އަދި ވަކިން ހާއްސަކޮށް ވަކި ގަޒިއްޔާއެެއްގެ ލިޔެކިޔުންތައް އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި، ގަޒިއްޔާއެއްގެ ދައުވާ ހުށަހެޅުމާއި ހަމައަށްވެސް ނުދަނީސް އެ ގަޒިއްޔާ ނިންމާނެ ގޮތުގެ ފައިލްް އެ ޕެންޑްރައިވްގައި އޮތުމަކީ އަދީބުގެ މައްސަލައިގެ އެ ހަތް ގަޒިއްޔާގައި ގާޒީ އިސްމާއިލް ރަޝީދު ހުކުމްކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ނުފޫޒު ނެތި މުސްތަގިއްލުކަމާއެކު ކަމަށް ނޫން ކަމަށް ފާހަގަވާކަމަށް ޖޭއެސްސީ އިން ބުންޏެވެ.

ޖޭއެސްސީ އިން ބުނީ ގާޒީ އިސްމާއިލް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ހުށަހަޅަނީ އޭނާގެ އެ އަމަލަކީ ފަނޑިޔާރުންގެ ސްލޫކީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ކަމަށް ގާނޫނުއަސާސީގައި ބުނާ ފަދަ އަދި ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ އަމަލަކަށް ވާތީ ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލި އެ ހަތް ދައުވާ ބާއަދީބުގެ މައްޗަށް އުފުލި އެ ހަތް ދައުވާ ބާތިލް ކުރުމުން ކުރުމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ގާޒީ އިސްމާއިލް ދެ މަހަށް ސަސްޕެންޑުވެސް ކުރި އެވެ.

comment ކޮމެންޓް