ގެއްލިގެން ހޯދަން އިއުލާނުކުރި މިސްބާހު ނޮވެމްބަރުގައި ރާއްޖެ ދޫކޮށް ގޮސްފި

ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، މިސްބާހު މުހައްމަދު 25އ

މިދިޔަ އޭޕްރީލް މަހުން ފެށިގެން ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރި ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، މިސްބާހު މުހައްމަދު 25އ، ރާއްޖޭގައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު މިސްބާހު ރާއްޖެ އިން ފުރާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ރާއްޖެ އައިސްފައި ނުވާ ކަމަށް އިމިގްރޭޝަނާ ހަވާލާދީ ފުލުހުން ބުންޏެވެ.

މިސްބާހު ފުރައިގެން ގޮސްފައިވަނީ ދުބާއީ އަށެވެ.

މިސްބާރު ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓު ކުރުމުން އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދުނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

އޭނާ އަކީ ކުށުގެ އެކި ރެކޯޑު އޮންނަ މީހެއް ކަމަށް ވެއެވެ. އެކަމާ ގުޅޭގޮތުން ފުލުހުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.

comment ކޮމެންޓް