ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުން ނުވަތަ ފްރަންޓްލައިން މުވައްޒަފުންނަށް ހާއްސަ އެލަވަންސްގެ ގޮތުގައި 145 މިލިއަން ރުފިޔާ ދީފި އެވެ.
ފިނޭންސް މިނިސްޓްރީއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިިދިޔަ މަހު 29ގެ ނިޔަލަށް ސަރުކާރުން ވަނީ 11,463 ފްރަންޓްލައިން މުވައްޒަފަކަށް އެލަވަންސް ދޫކޮށްފަ އެވެ. އެއީ ޖުމްލަ 145 މިލިއަން ރުފިޔާގެ އެލަވަންސެވެ.
ފްރަންޓްލައިން އެލަވަންސް އެންމެ ގިނައިން ލިބިފައި ވަނީ ސިފައިންނަށާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ)ގެ މުވައްޒަފުންނަށެވެ.
ފްރަންޓްލައިން އެލަވަންސް ދީފައިވާ ގޮތް:
- އެމްއެންޑީއެފްގެ މުވައްޒަފުން: 48.5 މިލިއަން ރުފިޔާ
- އެންޑީއެމްއޭގެ މުވައްޒަފުން: 36 މިލިއަން ރުފިޔާ
- ހެލްތު މިނިސްޓްރީގެ މުވައްޒަފުން: 33.9 މިލިއަން ރުފިޔާ
- ފުލުހުން: 27.4 މިލިއަން ރުފިޔާ
ކޮވިޑްއާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދޭން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮވިޑް ބަލި މީހުންނާ ދިމާވާ، ރިސްކު ބޮޑު މުވައްޒަފުންނަށް ދުވާލަކަށް 500 ރުފިޔާ، ހައި ރިސްކު މީހުންނާ ދިމާވާ ދެވަނަ ގިންތީގެ މުވައްޒަފުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެޗްއީއޯސީގައި އެހެނިހެން މަސައްކަތް ކުރާ އެންމެ ލޯ ރިސްކް މުވައްޒަފުންނަށް ދުވާލަކަށް 200 ރުފިޔާ ދެ އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ކޮވިޑާ ގުޅުންހުރި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1.68 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އިގްތިސޯދީ ކަންކަމަށް 1.71 ބިލިއަން ވަނީ ހޭދަކޮށްފައެވެ. އެއާއެކު ކޮވިޑްގެ ހަރަދުތައް މިހާރު ވަނީ 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
comment ރިޔާ
4 year 10 month ago
ރިސްކު އެލަވަންސޭ ކިޔާފަ ދުވަލަކަށް 5ރފ ލިބުނީމަށްވުރެ ހިތަށް ފަސޭހަވާނެ މިއީ ހިލޭ ސާބަހަށް ކުރާ ކަމެކޭ ހިތަށް އަރުވާލީމަ.
comment މީހެއް
4 year 10 month ago
ކަލޭމެން ބޭނުންވާ ބަޔަކަށް ދީފަ ކަން ނިންމާފަ ތިއޮތީ!!! ދުވަހެހް އަންނާނެ ކަލޭމެން ޖަވާބުދާރީ ވާން ޖެހޭ.
comment ޑުރައިބވަރުން
4 year 10 month ago
ރިސްކުދޭވާހަކަ ބުނީމަ ލަދުގަނޭ ކޮބާ ރާއްޖެ ތެރޭގެ މިކަމުގައި މަސައްކަތް ކުރާ މީހުންނަ ދިން އެލަވަން ސް އެލަވަންސް ދެނީ އެމީހުންބޭނުންވާ މީހުނަން ދީފަ ބުނަނީ އެކަމުގައި އުޅޭމީހުނަން ދީފީމޭ އަހަރުމެން ވަރުބަލިވެއްޖި މިކަންކޮއްކޮ އަހަރުމެންނަ އަދި ލިބޭނެ ކަމުގެ ޔަގީން ކަމެއްނެތް ދީފިޔޭކިޔާގެން ބޮޑުން ކަނީ
comment ޥޮލަންޓިއަރ
4 year 10 month ago
ޜޯބުހުތާނު ދޮގު! ޥޮލަންުޓިއަރުންގެ މުސާރަ ނުދީ މަސައްކަތް ކުރުވާ އެބަ 6 މަސް ވަންދެން!! ދިސް އިސް އަ ޖޯކު ހަމަ
reply ނަން
4 year 6 month ago
volunteer-a person who freely offers to take part in an enterprise or undertake a task.
comment ނަރުސުް މީހާ
4 year 10 month ago
ކޮވިޑް ފެސިލިޓީގައި މަސް ދުވަހު މަސައްކަތްކުރި ނަރުހުންނަށް ކޯޗެއްތޯ ލިބުނީ..ލޯ ލާރިއެއްވެސް ނުލިބޭ ނަރުހުން ގިނައީ....މިހާރު އަހަރު ދުވަސްވީ
comment އޮޅުވާނުލާ
4 year 10 month ago
މިސަރުކާރަކީ ވަގު ސަރުކާރެއް، ތިބުނާ އެއްޗެއް އަދި ނުލިބޭ.
comment ާަނަން ބުންޏަސް ނޭނގޭނެ
4 year 10 month ago
ފުލުހުންނަށް ކޯރެއްގެ ކޮވަރެއް
comment އަލީ އަލީ
4 year 10 month ago
ސިޔާސީ މީހުން މިކުޅޭ ކުޅިވަރަށް ލަދު ހަމަ، ތިމާ 70000 ރުފިޔާ ނަގައިގެން ހުރެ މިދައްކަނީ ކުރީގަ 7000 ރުފިޔާ ލިބޭ ނަރުހަކަށް 800 ރފ އެލަވަންސެެއް މަހަކު ލިބޭވާހަކަ އިންގެތޯ. ގައުމު ހުރިހާ އެންމެގެ އަދަދު އެއްކޮފަ މިލިއަނުން އަދަދު އަރުވާފަ ހަބަރު މިދެނީ
comment ރާއްޖެތެރޭ ހެލްތް މުވައްޒަފު
4 year 10 month ago
މީގެ ތެރެއިން ރާއްޖެތެރޭގައި މަސައްކަތް ކުރާ ހެލްތް މިނިސްޓްރީ މުވައްޒަފުން ނުހިމެނޭތޯ؟
reply ލިބޭމީހެއްނެތް
4 year 10 month ago
ޕްރެސް ކޮންފަރެންސަށް އަރާ ޑޮކްޓަރުން ނޫނީ ޑޮކްޓަރުންނަށްވެސް ތިބުނާ އެއްޗެއް ނުލިބޭ. ފެސިލޮޓީގަ މަސައްކަތް ކުރިޔަސް ނުލިބޭ
comment ހެކިވެރިޔާ
4 year 10 month ago
ޢެލަވަންސް ދެނީ ވަކިބަޔަކަށް މިދިޔަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ގާތްގަނޑަކަށް 3 މަސްދުވަހު އެޗް ޕީ އޭ ގެ ކޯލްސެންޓަރުގައި ހުކުރެއް ހޮނިހިރެއްނެތި މަސައްކަތްކުރި ކުއްޖަކަށް ވެސް ފިނޭންސް މިނިސްޓުރީއިން ޖަމާކުރީ އެންމެ /200 ރުފިޔާ. ޢެންޑީ އެމް އޭ އަށް ގުޅައިގެން ވެސް ޖަވާބެއް ނުލިބުނު. މައްސަލަ އަކީ އެލަވަންސް ދޭވާހަކަ ކިޔާފަ އެންމެ /200 ރުފިޔާ ދިނީމަ. ހިލޭސާބަހަށް ކުރާ މަސައްކަތެއްގެ ގޮތުގައި ބަލައިގެންނަމަ ހިތުގައި ޝަކުވާއެއް ނުއުފެދޭނެ
comment ސަޓޯ
4 year 10 month ago
ޢިބޫ އަންނިއަށް ތިއެއްޗެއް ދިނީ
comment ރަށުމީހާ
4 year 10 month ago
" އެންޑީއެމްއޭގެ މުވައްޒަފުންނަށް 36 މިލިއަން ރުފިޔާ " ބެހި އިރު އެތާ ތިބެނީ 30 ހަކަށް ސްޓާފުން ނޭ ބުނާ އަޑުއިވޭ. އެހެންވީމަ މީހަކަށް މިލިއަނެއްވަރު ލިބޭނެކަމަށް މި ބަލަނީ. އެންމެ ގިނައިން އެލަވަންސް ލިބުނު މުވައްޒަފުންނަށް ލިބުނު ވަރު ވަރަށް އެނގިލަން ބޭނުން.
comment އަޙްމަދު
4 year 10 month ago
ކޮބާ؟ އެސް،ޓީ،އޯ ފާރމަސީތަކުގެ މުވައްޒަފުން އެއީ އެލަވަން ދޭންޖެހޭބައެއް ނޫންތަ؟
reply އެސްޓީއޯ
4 year 10 month ago
ކޮންކަމެއް ކޮއްގެން