ސްކޫލް ބަންދަށް ހާއްސަކޮށް މޯލްޑިވިއަންއިން ޓްރިވެންޑްރަމްއާއި ކޮޗިން ދަތުރުތަކެއް

މޯލްޑިވިއަންގެ ފްލައިޓެއް --- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

ސްކޫލް ބަންދަށް ހާއްސަކޮށް ގައުމީ އެއާލައިން މޯލްޑިވިއަންއިން އިންޑިއާގެ ދެ މަންޒިލަކަށް ދަތުރުތަކެއް ރާވައިފި އެވެ.

މޯލްޑިވިއަންއިން ބުނީ އެ ދަތުރުތައް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 24ވަނަ ދުވަހު ކަމަށެވެ.

އެ ތާރީހުގައި މޯލްޑިވިއަން ރާވާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންއަށް ދަތުރުކުރުމަށެވެ.

މޯލްޑިވިއަންގެ އީމެއިލް [email protected] އަށް މެއިލް ފޮނުވައިގެން ނުވަތަ ވައިބާ މެދުވެރިކޮށް އަދި މޯލްޑިވިއަންގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް މި ހާއްސަ ފްލައިޓުން ޓިކެޓް ބުކް ކުރެވޭނެ އެވެ.

މި މަހުގެ 13ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ހިދުމަތް މެދުކަނޑާލާފައިވާއިރު، ވައިބާއާއި އީމެއިލްގެ ހިދުމަތް ހުުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 - މެންދުރު 2:00 އާ ދެމެދުގައި ލިބޭނެ އެވެ.

comment ކޮމެންޓް