އެޗްޕީއޭ އިން ހުއްދަ ނުދިނުމުން، މާލޭ ކައުންސިލަރުން ހުވާކުރުން އޮންލައިންކޮށް

މާލޭގެ މޭޔަރު ޝިފާ މުހައްމަދު އަދި އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ސަލްޓަން ޕާކުގައި ކުރިއަށް ގެންދަން ރޭވި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ކުރިއަށް ގެންދާގޮތަށް ބަދަލުކޮށްފި އެވެ.

މާލޭ ސިޓީން ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 09:00ގައި ސަލްޓަން ޕާކުގައި ކަމަށެވެ.

ނަމަވެސް މާލެ ސިޓީގައި އާދަޔާ ހިލާފަށް ކޮވިޑް19 ފެތުރެމުން އަންނަ ދަނޑިވަޅެއްގައި، އެފަދަ ޖަލްސާއެއް ބާއްވަން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، މިހާރު ވަނީ އެ ޖަލްސާ އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު ޝަތުފާ ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ، ސަލްޓަން ޕާކުގައި ޖަލްސާ ކުރިއަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ހުއްދަ ނުދިން ކަމަށެވެ. އެހެންކަމުން އެ ޖަލްސާ އޮންލައިންކޮށް ކުރިއަށް ގެންދަން މިހާރު ނިންމާފައިވާ ކަމަށެވެ.

https://sun.mv/152303

ސިޓީ ކައުންސިލަށް އިންތިހާބުވި މޭޔަރާއި، ކައުންސިލަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ އިތުރުން މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހޮވުނު މެމްބަރުން އިގުރާރުގައި ސޮއިކުރުން ވެސް މާދަމާ ކުރިއަށްދާނެ އެވެ.

އެ ރަސްމިއްޔާތު ޓީވީއެމް އާއި މާލޭ ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ވަގުތުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ކޮވިޑް19 ގެ ހާލަތު ގޯސް ރަށްރަށުންގައި ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދަން އަންގާފައި ވަނީ އޮންލައިން ކޮށެވެ.

comment ކޮމެންޓް