ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިއްޖެ

މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ޒުވާން އަންހެން މީހާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދީ މ. ގޯބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ (21އ) އެވެ.

މެއި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:15 އިން ފެށިގެން އާމިނަތު ހުމައިނާ ޒަކަރިއްޔާ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށްރިޕޯޓްކުރި އެވެ. އަދި އޭނާ ހޯދުމަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާތީ. މެއި 12 ވަނަ ދުވަހު ފުލުހުން ވަނީ އޭނާ ހޯދަން ފޮޓޯ އާންމުކޮށްފަ އެވެ.

https://sun.mv/152175

ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ހުމައިނާ ހޯދިފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގެއަށް ގޮސްފައި ވަނީ އަމިއްލަ އަށެވެ.

comment ކޮމެންޓް