ދެކުނަށް މޫސުން ގޯސްވެ ޔެލޯ އެލާޓް

މޫސުންގޯސްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ. އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް މެޓުން ލަފާކުރެ އެވެ.

މީގެ އިތުރުން މެދުރާއްޖެ ތެރެއާއި އުތުރަށްވެސް ވިއްސާރަ ވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ރ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާއިރު އެ ސަރަހައްދުގެ ރަށްތަކަށް ވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަ ވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

މެޓު އޮފީހުން އިއްޔެ ބުނީ މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ ބޮޑުބަޔަކާށް ވިއްސާރަ ކުރާނެ ކަމަށެވެ. މިއީ ހުޅަނގ ުމޫސުން ފެށެން ކައިރިވުމާއެކު ކުރާ ވިއްސާރައެއް ކަމަށްވެސް އެ އިދާރާ އިން ބުންޏެވެ.

މެޓުން ވަނީ ހުރިހާ ފަރާތްްތަކުނ ްވެސް، ހާއްސަކޮށް ކަނޑު ދަތުުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

comment ކޮމެންޓް