ކޮވިޑު ރޯގާގައި މިއަދުގެ ތިން ވަނަ މަރު، މަރުތައް 82އަށް

ފެބްރުއަރީ 4، 2021: މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން ދިޔުމުން ވެހިކަލް ދުއްވުން މަނާކޮށްފައިވާ ވަގުތުގައި ބަޔަކު މަތީ ހިނގާފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑުގެ ރޯގާގައި މިއަދު ތިން ވަނަ މީހަކު މަރުވެ އެބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 82 އަށް އަރައިފި އެވެ.

އެޗްއީއޯސީއިން ދެންމެ ބުނި ގޮތުގައި މިއަދު މެންދުރު 2:46ގައި މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮވިޑަށް ހާއްސަ ޔުނިޓް، ޑީއެޗް-11ގައި ފަރުވާ ދެމުން ދިޔަ 81 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ.

މިއަދު ހެނދުނު 7:50ގައިވެސް ކ. މާފުށީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ ބަންގުލަދޭޝްގެ މީހަކު ވަނީ މަރުވެފަ އެވެ. އަދި ރޭ ދަންވަރު 3:47ގައި ޑީއެޗް-11ގައި ފަރުވާ ދެމުން ދިޔަ އިންޑިއާގެ 60 އަހަރުގެ ފިރިހެނަކުވެސް ވަނީ މަރުވެފަ އެވެ.

ކޮވިޑުގެ ކޭސްތައް ގިނަވި ފަހުން އިއްޔެ އަކީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. ކޮވިޑުގައި އިއްޔެ ވަނީ ހަތަރު މީހަކު މަރުވެފަ އެވެ.

comment ކޮމެންޓް