ޒަމާނީ ހިއަރިން އެއިޑްގެ ހިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުން

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒަމާނީ ޓެކްނޮލޮޖީއާއެކު ހިއަރިން އެއިޑް ވަސީލަތަތްތަކާއި ހިދުމަތުގެ ފެންވަރުވެސް އަންނަނީ ކުރިއަރަމުންނެވެ. މިގޮތުން ބަލާއިރު ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހިއަރިން އެއިޑްގެ ހިދުމަތްތަކަކީ އެންމެ ޒަމާނީ ސިފަތައް ހިމެނޭ ހިދުމަތްތަކެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހިއަރިން އެއިޑް ވަސީލަތްތަކުގައި ސްޕީޗް ކްލެރިޓީ، ހަލުވި ސްޕީޑްގެ ބްލޫޓޫތު ކަނެކްޓިވިޓީ، ފަސޭހަކަމާއެކު ރީޗާޖު ކޮށްލުން އަދި ނޮއިސް ކެންސަލޭޝަން ފަދަ ޒަމާނީ ސިފަތައް އެކުލެވިގެންވެ އެވެ.

މީގެ އިތުރުން ހާއްސަ ވަސީލަތްތައް ބޭނުންވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ބޭނުންތަކާ އެއްގޮތަށް ހިއަރިން އެއިޑް ވަސީލަތް ފަރުމާކޮށްދިނުމުގެ ހިދުމަތް ވެސް ޓްރީ ޓޮޕްއިން ފޯރުކޮށްދެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ހިއަރިން އެއިޑްގެ ހިދުމަތް ހޯދުމުގައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އީއެންޓީ ކޮންސަލްޓެންޓެއްގެ ރިފަރެލްއެއް (ޕޭޝަންޓަށް ހިއަރިން އެއިޑް ބޭނުންވާކަމުގެ ލިޔުމެއް) ހޯދުމެވެ. އެހެން ހޮސްޕިޓަލްތަކުން ދޫކުރާ ލިޔުންތައް ވެސް ޓްރީ ޓޮޕްއިން ބަލައިގަންނާނެ އެވެ.

އެއަށްފަހު ޓްރީ ޓޮޕްގެ އޯޑިއޮލޮޖިސްޓަކާއެކު ހިއަރިން ޓެސްޓެއް ހެދުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.

އެ ޓެސްޓުގައި ޕޭޝަންޓްގެ އަޑުއިވުމުގެ ލެވެލްތައް ބަލައި، އެންމެ އެކަށީގެންވާ ހިއަރިން އެއިޑްއަކީ ކޮބައިކަން ކަނޑައަޅާނެ އެވެ.

ޑިޒައިންގެ ގޮތުން ބަލައިލަން ރީތި ހިއަރިން އެއިޑްތައް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދެ އެވެ. އެހެން ނަމަވެސް އެއީ ވަކި ބާވަތެއްގެ ހިއަރިން ލޮސް ހުންނަ ފަރާތްތަކަށް އެކަންޏެވެ.

އެ ޕޭޝަންޓަކަށް އެންމެ ރަނގަޅު ހިއަރިން އެއިޑް ކަނޑައެޅުމުން ދެން އޮންނަ މަރުހަލާގައި ޕޭޝަންޓް، އެ އެއިޑް އަޅައިގެން ޓެސްޓެއް ހަދާނެ އެވެ. އެ ވަސީލަތް ޕޭޝަންޓަށް ރަނގަޅުތޯއާއި ހެޔޮވަރުތޯ ދެނެގަންނާނީ އެ ޓެސްޓުންނެވެ.

ޓްރީ ޓޮޕްއިން ފޯރުކޮށްދެނީ ސްވިޒަލެންޑްގެ ފޯނަކް ބްރޭންޑުގެ ހިއަރިން އެއިޑްތަކެވެ. މިއީ ވަރަށް އަޑު ސާފު އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގެންފައިވާ ހިއަރިން އެއިޑް ބްރޭންޑެކެވެ.

ޓްރަޔަލްއާއި ކޮންސަލްޓޭޝަނަށް ޓްރީ ޓޮޕްއިން ފީއެއް ނެގި ނަމަވެސް، ހިއަރިން އެއިޑްގެ އަގު އެންއެސްޕީއޭއިން ކަވަރުކޮށްދެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަޑުއެހުމުގެ މައްސަލަތަކަށް ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދެނީ އެކަމަށް ހާއްސަ ތަމްރީން ލިބިފައިވާ ތަޖުރިބާކާރު ކޮންސަލްޓެންޓުންނާއި ސްޕެޝަލިސްޓުންނެވެ.

އިތުރު މައުލޫމާތު ޓްރީ ޓޮޕްގެ ނަންބަރު 3351610އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.

comment ކޮމެންޓް