ގެޓް އިން ދަ ޒޯން: ގޭގައި ކޮށްލަން ފުލް ބޮޑީ ވޯކްއައުޓެއް

ފިޓްޒޯންއާ ގުޅިގެން ސަންއިން މި ރޯދަމަހު ގެނެސްދޭ ގެޓް އިން ދަ ޒޯން ސީރީޒްއަކީ ގޭގައި ތިބެގެން ކުރެވޭނެ ފަސޭހަ ކަސްރަތުތަކެއް ސަންގެ ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ މަގްސަދުގައި ގެނެސްދޭ ވީޑިއޯ ސީރީޒެކެވެ.

މި ސީރީޒްގެ ތެރެއިން މިހާތަނަށް ތަފާތު ވައްތަރުގެ ކަސްރަތުތަކެއް ގެނެސްދެވިފައިވާނެއެވެ.

މިއަދު ފިޓްޒޯންގެ ގްރޫޕް ފިޓްނެސް ޓްރެއިނާ އައިމިނަތު ނީލާ ދައްކައިދޭނީ ގޭގައި ތިބެގެން ހެދޭނެ ފުލްބޮޑީ ވޯކްއައުޓެކެވެ.

މިއަދުގެ ބައެއް ކަސްރަތުތަކުގައި ޑަމްބެލް ބޭނުންކުރެއެވެ. ގޭގައި ޑަމްބެލް ނުވަތަ އެހެންވެސް ބަރެއް ހުރިނަމަ ބޭނުންކުރެވިދާނެއެވެ. ނެތްނަމަ އެ ނުލައިވެސް މި ކަސްރަތުތައް ކުރެވޭނެއެވެ.

ވީޑިއޯއިން ތަފްސީލު ބަލައިލާށެވެ.

comment ކޮމެންޓް