ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން އަންގައިފި

އަމީނިއްޔާ ސްކޫލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ކޭސްތައް އިތުރުވާން ފެށުމާ އެކު މާލޭ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށް ބަދަލުގެނެސްފި އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ މާލޭ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދިޔަ ނަމަވެސް، ސްކޫލްތަކުގައި އިމްތިހާންތައް ބޭއްވޭނެ ކަމަށެވެ.

އެ ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ. އަދި އެ ގޮތަށް އަދި އަމަލުކުރާ ގޮތަށް އޮތީ މި މަހު 15 ވަނަ ދުވަހާ ހަމައަށެވެ.

އެންމެ ފަހުން ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން އެންގީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގަ އެވެ. އެފަހަރު އެންގީ ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށާއި ޕްރީސްކޫލްތައް ބަންދު ކުރުމަށެވެ.

ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖައްސައި ފިޔަވަޅުތައް ވަރުގަދަ ކުރީ ކޮވިޑް ކޭސްތައް މައްޗަށް ދިއުން ހުއްޓުމަކަށް ނާންނާތީ އެވެ. ވޭތުވެ ދިޔަ ދެ ތިން ދުވަހުގެ ތެރޭގައި ކޮވިޑް ކޭސްތައް ދިޔައީ މަތިވަމުންނެވެ. އަދި އެވްރެޖުކޮށް ކޮވިޑް 19 އަށް ޕޮޒިޓްވާ މީހުންގެ އަދަދު ހުރީ 400 އިން މަތީގަ އެވެ.

ރާއްޖޭގައި އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމި އިރު އަވައްޓެރި އިންޑިއާގައި ކޮވިޑް ދަނީ ކޮންޓްރޯލެއް ނެތި ފެތުރެމުންނެވެ. އަދި އާ ވޭރިއަންޓަކާ އެކު ދުވާލަކު 400،000 ވަރަކަށް މީހުން ޕޮޒިޓިވްވާ އިރު، ދުވާލަކު މަރުވާ މީހުންގެ އަދަދު ވެސް އުޅެނީ 3،000 އަށް ވުރެ މަތީގަ އެވެ.

comment ކޮމެންޓް