އޭޕްރީލް މަހު އައީ 91،200 ފަތުރުވެރިން

ފަތުރުވެރިިންތަކެއް އެއާޕޯޓުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުސްވި ޭޕްރީލް މަހު ރާއްޖެ ޒިޔާރަތްކުރީ 91،200 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކައިފި އެވެ.

މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އޭޕްރީލް މަހުގެ ނިޔަލަށް 389،770 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަހުގެ ގޮތުގައި ރެކޯޑުކޮށްފައި ވަނީ އޭޕްރީލް ދޭތް ވީ ހުކުރު ދުވަހެވެ. އެ ދުވަހު 5,141 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިކަމަށް މިނިސްޓްރީގެ ހިސާބުތައް ދައްކަ އެވެ.

އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައި ފަސް މާކެޓު:

  1. އިންޑިއާ
  2. ރަޝިއާ
  3. ޔޫކްރެއިން
  4. ޖަރުމަނު
  5. ކަޒަކިސްތާން

މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ މަހާ އަޅާ ބަލާއިރު ވަނީ ދަށް ވެފައެވެ. ސަބަބެއް ކަމަށް ބެލެވެނީ ރާއްޖޭގެ އެއްވަނަ ސޯސް މާކެޓު، އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުންދާތީ، އެ ގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަދުވުމެވެ. މާޗު މަހު ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ.

މިނިސްޓްރީގެ ހިސާބުރައް ދައްކާގޮތުން ޓޫރިސްޓުން އެވްރެޖުގޮތެއްގައި 9.3 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ. ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 3040 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށްވެސް ހިސާބުތައް ދައްކައެވެ.

މިވަގުތު ޖުމްލަ ޓޫރިސްޓު 47,475 އެނދު ރާއްޖޭގައި އޮޕަރޭޝަނުގައި އެބައޮތެވެ.

comment ކޮމެންޓް