މި އަހަރުގެ ސަނަވީ އިމްތިހާނު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ މިއަދު ފެށި އިމްތިހާނު 235 ސެންޓަރުގައި ކުރިއަށްދާނެ ކަމަށެވެ.
އިމްތިހާނު ހަދާ ސެންޓަރުތަކުން އިމްތިހާނަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ދަރިވަރުންނާއި ކަރަންޓީނުގައި ތިބި ދަރިވަރުންގެ ތެރެއިން އިމްތިހާނު ހެދޭ ހަލަތުގައި ތިބި ދަރިވަރުންނަށް އިމްތިހާނު ފޯރުކޮށްދިނުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަނުން އިން ބުންޏެވެ.
އެގޮތުން އެޗްޕީއޭ އާއި ރަށްރަށުގެ ޓަސްކްފޯސްތަކާއި ސިއްހީ އިދާރާތައް ގުޅިގން ރައްކާތެރިކަމާ އެކު އިމްތިހާނު ހެދޭނެ އިންތިޒާމު އެފަދަ ދަރިވަރުންނަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
ސާނަވީ އިމްތިހާނު މިއަދު ފެށިއިރު މަތީސާނަވީ އިމްތިހާނު ވެސް ފެށިގެން ކުރިއަށް އެބަދެ އެވެ. އެލެވެލް އިމްތިހާނުގެ ބައެއް ސުވާލު ކަރުދާސްތައް ލީކުވެފައިވާ މައްސަލަ ބޮޑުވެފައިވާ އިރު މިނިސްޓްރީ އިން ބުނީ އެޑެކްސެލް އިން ވަކިއެއްޗެއް އަންގަންދެން އިމްތިހާނު ކުރިއަށް ގެންދާނެ ކަމަށެވެ.