ޔޫރޮޕާ ލީގު ވެސް ލިވަޕޫލުން ސީރިއަސްކޮށް ނަގާނެ: ކްލޮޕް

ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް ރުޅި ގަދަވެފައި --- ފޮޓޯ/ އޭޕީ

ނިމިގެން މިދާ ސީޒަނުގެ ނާކާމިޔާބީއަށްފަހު ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުނު ކަމުގައިވީ ނަމަވެސް އަންނަ ސީޒަނުގައި ޔޫރޮޕާ ލީގަށް ކުރިމަތިލާން ތައްޔާރު ކަމަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު 30 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ކާމިޔާބު ކުރި ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ ހަވަނައިގަ އެވެ. ލީގުގައި ބާކީ މަދު މެޗުތަކެއް އޮތް އިރު ޗެމްޕިއަންސް ލީގުގެ އަމާޒު ލިވަޕޫލަށް އޮތީ ގެއްލިފަ އެވެ. އެއާ އެކު މިހާރު އެ ޓީމުގެ އަމާޒަކީ ޔޫރޮޕާ ލީގުން ޖާގައެއް ހޯދޭވަރު ކުރުމެވެ. ނަމަވެސް ލީގުގެ ވާދަވެރިކަން ބޮޑުވެފައިވުމުން އަދިވެސް ޔޫރޮޕުގެ ޖާގައެއް ލިވަޕޫލަށް މުޅިޔަކުން ޔަގީނެއް ނޫނެވެ.

މީގެ ފަސް އަހަރު ކުރިން ވެސް ޔޫރޮޕާ ލީގުގައި ކުޅެ ފައިނަލަށް ދަތުރު ކުރި ލިވަޕޫލުން ވޭތުވެ ދިޔަ އަހަރުތަކުގައި ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ވަނީ ނެރެފަ އެވެ. އެގޮތުން 2017-2018 ވަނަ އަހަރުފެ ފައިނަލަށް ދަތުރުކޮށް ރެއާލް މެޑްރިޑް އަތުން އެ ޓީމު ބަލިވި އިރު، 2018-2019 ގެ ޗެމްޕިއަންކަން ވަނީ ހޯދައިފަ އެވެ.

"އިނގިރޭސިވިލާތަށް އައި ފަހުން މިހާތަނަށް ޔޫރޮޕާ ލީގުގައި އަހަރެން ކުޅުނީ އެންމެ ފަހަރަކު. އެފަހަރުވެސް ފައިނަލަށް ދަތުރުކުރިން. ފައިނަލުގެ ނަތީޖާ ގޯސްވިޔަސް މުޅި މުބާރާތާކުގެ ތަޖުރިބާ ވަރަށް ރަނގަޅު،" ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ފަހުން ރޭ މެންޗެސްޓާ ޔުނައިޓެޑުން ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ކުޅުނު އިރު ފެނުނީ ފަސޭހަކަމާ އެކު ކުޅެގެން މޮޅުވި މަންޒަރު ކަމަށެވެ. އެހެން ކަމުން އެ މުބާރާތުގައި އެ ލެވެލްގެ ޓީމުތައް ވެސް ކުޅޭނެ ކަމަށާއި، އެކަން އެހެންވުމުން އެއީ ޓީމުގެ ފެންވަރު ދަށްކަމުން ވީކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް