އަނުޕަމާގެ އާ ޕްރޮމޯއެއް

އަނުޕަމާ ޑްރާމާ އަށް އަލަށް ތައާރަފްވި ކެރެކްޓަރު---

އިންޑިއާގައި އެންމެ ގިނަ މީހުން ބަލާ ހިންދީ ޑްރާމާ ސިލްސިލާގެ ލިސްޓުގެ އެއްވަނައިގައި އޮތް "އަނުޕަމާ"ގެ އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.

މިހާރު މި ޑްރާމާ އޮތީ ވަރަށް ޝައުގުވެރި ހިސާބެއްގައެެވެ. އަނުޕަމާ އާ ވަންރާޖްގެ ކައިވެނި ރޫޅެން ދެ ދުވަހަށް ވެފައި އޮއްވާ ވަންރާޖް ގެއިން ފިލައިގެން އުޅޭ ތަނެވެ. ޑްރާމާއަށް އާ ކެރެކްޓާއެއް ގެނެސް އާ ޕްރޮމޯއެއް ދައްކާލިއިރު ޑްރާމާ އާ އަލަށް ގުޅުނީ އެކްޓަރު އަޕޫރްވާ އަގްނިހޯތުރީއެވެ. އޭނާ މި ޑްރާމާއިން ފެނިގެންދަނީ ޑޮކްޓަރެއްގެ ހައިސިއްޔަތުންނެވެ.

ޕްރޮމޯއިން ފެނިގެންދަނީ އަނުޕަމާ އާ ވަންރާޖް ޒުވާބުކުރަމުން ދަނިކޮށް އަނުޕަމާ ހޭނެތިގެން ވެއްޓޭ ތަނެވެ. އަދި ޑޮކްޓަރު އަދުވިތު (އަޕޫރްވާ) އަނުޕަމާ ބެލުމަށްފަހު ސިއްހުން ގެނެސްދޭ ޚަބަރެއްދޭ މަންޒަރެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އަނުޕަމާ ގިނަ ބަޔަކު ބަލާ އެންމެ ބޮޑު އެއް ސަބަބަކީ ހަގީގީ ދިރިއުޅުމުގައި ވެސް ދިމާވާ ކަންތައްތައް މި ޑްރާމާއިން ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލެވިފައިވާތީއެވެ.

comment ކޮމެންޓް