އެލައިޑްގެ "ރޯދަމަހާ ރޯއްޖާ" ކެމްޕެއިނުން މޮޓޯ ތާޑް ޕާޓީ ޑިސްކައުންޓް އަގުތަކެއްގައި

އެލައިޑް އިންޝުއަރަންސް ކުންފުނީގެ ރަމަޟާން ޕްރޮމޯޝަން "ރޯދަމަހާ ރޯއްޖާ"ގެ ދަށުން އަލަށް މޮޓޯ ތާޑް ޕާޓީ އިންޝުއަރަންސާއި ތަކާފުލް ނަގާ ފަރާތްތަކަށާއި ޕްލޭން އާ ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޑިސްކައުންޓަޑް އަގުތަކެއް ކަނޑައަޅައިފި އެވެ.

"ރޯދަމަހާ ރޯއްޖާ" ޕްރޮމޯޝަންގައި ސައިކަލަކަށް ތާޑް ޕާޓީ ކަވަރޭޖް ހޯދަން ހޭދަވަނީ އެންމެ 140 ރުފިޔާ އެވެ. ކުރީގެ އަގަކީ 175 ރުފިޔާ އެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދުފަހަރުގެ ތާޑް ޕާޓީ ކަވަރޭޖްގެ އަގު 750 ރުފިޔާއިން 475 ރުފިޔާއަށް ވަނީ ކުޑަކޮށްފަ އެވެ.

މީގެ އިތުރުން އެހެނިހެން އުޅަނދުތަކަށްވެސް މި ޕްރޮމޯޝަންގެ ތެރެއިން އެލައިޑުން ވަނީ ޑިސްކައުންޓަޑް ރޭޓްތައް ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފަ އެވެ.

ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުުރުސަތު ކޮންމެ ފަރުދަކަށްވެސް ހުޅުވާލާފައި ވާއިރު، ޕްރޮމޯޝަން އަގުތަކުގައި ޕޮލިސީ ނެގުމަށް އޮންލައިން ވަސީލަތްތައް އިހުތިޔާރުކުރުމުގެ އިތުރުން އެލައިޑުގެ ކަސްޓަމާ ފްރަންޓް އޮފީހަށްވެސް ޒިޔާރަތް ކުރެވިދާނެ އެވެ.

އެލައިޑުން ބުނީ މިޕްރޮމޯޝަނަކީ މަގުމަތީގެ ރައްކާތެރިކަމަށް ބަލައިގެން ދުއްވުމުގެ މުހިންމުކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ނިޔަތުގައި ފެށި ކެމްޕެއިނެއް ކަމަށެވެ.

އެގޮތުން މިކެމްޕެއިން މެދުވެރިކޮށް ރައްޔިތުންނަށް މިމެސެޖު ފޯރުކޮށްދެވޭނެ ކަމަށް އުއްމީދުކުރާ ކަމުގައި އެކުންފުނިން ބުނެ އެވެ. އަދި ރަމަޟާން މަހަކީ ނިސްބަތުން މަގުމަތީގެ ތަފާތު އެކްސިޑެންޓްތައް ގިނަ މަހެއްކަމުން، މިއީ މިފަދަ ކަމެއް ހިނގާ ވަގުތުގައި ވެސް ލިބޭ ގެއްލުން ކުޑަ ކުރުމަށް އެހީތެރިވެދިނުމަށް ފެށި މަސައްކަތެއް ކަމުގައި އެލައިޑުން ފާހަގަ ކުރެ އެވެ.

މޮޓޯ ތާޑް ޕާޓީ އިންޝުއަރަންސަކީ އެކްސިޑެންޓެއް ކުރިމަތިވާ ހިނދު ތިންވަނަ ފަރާަތަށާއި އެފަރާތުގެ އުޅަނދަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެހެން ފަރުމާކޮށްފައިވާ ޕޮލިސީއެކެވެ. ކޮންމެ އުޅަނދަކަށްވެސް ނެގުން، ސަރުކާރުން ލާޒިމްކޮށްފައި މިޕޮލިސީއިން މުޅި މުޖްތަމައުއަށް އޭގެ ފައިދާ ކުރެ އެވެ. އެކްސިޑެންޓަކާއި ކުރިމަތިލާ ހިނދު ދެފަރާތުން ޕޮލިސީ ނަގާފައިވާނަމަ، ދެފަރާތަށް ލިބޭ ގެއްލުމަށްވެސް ބަދަލު ކަށަވަރުވެގެންދެ އެވެ.

comment ކޮމެންޓް