އިތުރު 164 މީހަކު ޕޮޒިޓިވް ވެއްޖެ

ހަވީރު ފިނިބުރު ޖަހަން ގިނަ ބަޔަކު މަގުމަތީގައި --ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން އިތުރު 164 މީހަކު ކޮވިޑު 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން އާންމު ކުރި ހިސާބުތަކަށް ބަލާއިރު މިއަދު މާލެ ސަރަހައްދުން 64 މީހަކު، އަތޮޅު ތެރޭ އަށްރަށުން 68 މީހަކު،އަދި ރިސޯޓުތަކުން 24 މީހަކާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްރަށުން ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑަށް 3،000 ޓެސްޓު ވަނީ ހަދައިފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 27،084 އަށް އަރައިފައެވެ.

މިވަގުތު 2،939 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 90 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 24،065 އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 130 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑު ޖެހިގެން 71 މީހަކު ވަނީ ރާއްޖޭގައި މަރުވެފައެވެ.

comment ކޮމެންޓް